ގދ. މަޑަވެލީގައި މި ސަރުކާރަށް ތާއީދުކޮށް، މި ސަރުކާރު ގެންނަން މަސައްކަތްކުރި މެމްބަރުންތަކެއް، ޕީއެންސީ ދޫކޮށް އެމްޑީޕީއާއެކު މަސައްކަތް ކުރަން ނިންމުމާއި ގުޅިގެން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޓީމާ ބައްދަލު ކުރައްވައިފި އެވެ.
މަޑަވެލީގައި ސިޔާސި ގޮތުން ވަރުގަދަ ބޭފުޅުން ހިމެނޭ ޓީމާ ބައްދަލު ކުރެއްވުމަށް ފަހު ޝާހިދު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުން ބޮޑުތަނުން ދަނީ ނޫނެކޭ ބުނަމުން ކަމަށާއި މި ސަރުކާރު ގެންނަން މަސައްްކަތްކުރި އެތައް ބަޔަކު، ރަށުގެ ތަރައްޤީއާ ލާބަޔަށް ފައިދާ ހުރި ގޮތަކީ އެމްޑީޕީ އާއެކު ކުރިއަށް ދިޔުން ކަމަށް ދަނީ ޤަބޫލު ކުރަމުން ކަމަށެވެ.
ޝާހިދު ވިދާޅުވީ، މަޑަވެލީގެ ގދ މަޑަވެލީގެ ކުރިއެރުމަށް އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް އެބޭފުޅުން ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މަޑަވެލީގައި އެމްޑީޕީގެ ރަންރީނދޫކުލަ ދެން ދާނީ އެއްދުވަހުން އަނެއް ދުވަގަށް އިތުރަށް ގަދަވަމުން." ޝާހިދު ވިދާޅުވި އެވެ.





