މީކާއިލް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރަނީ

މީކާއިލް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރަނީ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރަން ނިންމައިފިއެވެ.

މީކާއިލް ހާމާކުރެއްވި ގޮތުގައި ނޫސްވެރިންގެ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 5 ޖަހާއިރު، މ. ފިނިފަރު ގައެވެ.

"މާތް ރަސްކަލާނގެ އިރާދަފުޅާއިއެކު، އެމްޑީޕީގެ ޗެއަރޕަރސަންއެއް ހޮވުމަށް ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް އަޅުގަނޑު ފަށާފައިވާ އިތުބާރު ކެމްޕޭނުގެ ނޫސްވެރިންގެ ބައްދަލުވުމަކަށް ދައުވަތު އަރުވަން" ނޫސްވެރިންނަށް ދައުވަތުދީ ސޯސަލް މީޑިއާގައި މީކާއިލް އާންމުކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

"އިތުބާރު" ގެ ނަމުގައި ކުރިއަށް ގެންދާ ކެޕްޭނުގައި އެމްޑީޕީގެ ޗެއާޕާސަން ކަމަށް މީކާއިލް ވާދަކުރައްވާއިރު، އެ މަގާމަށް ކުރީގެ ރައީސް ނަޝީދު ވެސް ވާދަކުރައްވާނެކަން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *