ނަޝީދާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ

ނަޝީދާއެކު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވެއްޖެ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އިއްޔެ ވަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ހުށަހަޅާފަ އެވެ. އެ ބަދަލުތައް ގެނައުމަށް މަޝްވަރާގެ މޭޒަށް އައުމަށް ސަރުކާރަށް ރައީސް ނަޝީދު އިއްޔެ ގޮވާލެއްވި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަޝްވަރާތަކުގައި ބައިވެރިވާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެކަމަކީ ރައްޔިތުން ހަވާލު މެންޑޭޓުން ބޭރު ކަމެއް ކަމަށެވެ.

"އަޅުގަނޑު ހިތުން ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓުން ބޭރު ކަމެއް އެއީ. ރައްޔިތުން އަޅުގަނޑަށް ދީފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް ތިމަންނަމެން ހަވާލުކުރީއޭ، އަޅުގަނޑު އިއުލާނުކުރި މެނިފެސްޓޯ އާއި ވައުދުތަކާއި އެއްގޮތަށް ކަންކަން ކުރަން. އެހެންވީމާ އަޅުގަނޑު ދާނީ ރައްޔިތުން ހަވާލުކުރި މަސައްކަތައިގެން ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

"ބޮޑު ބަދަލު" ގެ ގޮތުގައި ގާނޫނުއަސާސީގެ އިތުރުން ވެރިކަމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ކުރީގެ ރައީސް ނަޝީދާއި ފައްޔާޒު ހުށަހެޅުއްވި އެވެ.

އެ ގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހެޅުއްވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *