އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ހަނގުރާމައިގެ އަމާޒުތައް ހާސިލް ކުރުމުގައި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން، އެމެރިކާގެ ދިފާއީ ވަޒީރު ހެގްސެތު، ސިފައިންގެ އިސް ދެ ޖެނެރަލަކު މަގާމުން ވަކިކުރައްވައިފިއެވެ.
މަގާމުން ވަކިކުރެވުނީ ޓްރާންސްފޯމޭޝަން އެންޑް ޓްރެއިނިންގ ކޮމާންޑުގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ޑޭވިޑް ހޮޑްން އާއި، ޗެޕްލައިންސް ކޯޕްސްގެ ކޮމާންޑަރު ބްރިގޭޑިއަރ ޖެނެރަލް ވިލިއަމް ގްރީން ޖޫނިއަރ އެވެ.
ދިފާއީ ވުޒާރާއިން މި ނިންމުމާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ހެގްސެތު މި ފިޔަވަޅު އަޅުއްވާފައިވަނީ އަސްކަރިއްޔާގެ އިސް ސަފަށް ބަދަލުތަކެއް ގެނައުމުގެ ބޭނުމުގައެވެ. ބެލެވޭ ގޮތުގައި، މިއީ މިފަހަކަށް އައިސް އެމެރިކާ ސިފައިންގެ އިސް މަގާމުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ތެރޭގައި ހިމެނޭ ފިޔަވަޅެކެވެ.





