10 ކްރޯޑް ރުޕީސް ނުދީފިނަމަ މުވައްޒަފުން މަރާނެކަމުގެ އިންޒާރު ރަންވީރު ސިންގަށް

10 ކްރޯޑް ރުޕީސް ނުދީފިނަމަ މުވައްޒަފުން މަރާނެކަމުގެ އިންޒާރު ރަންވީރު ސިންގަށް

ދިހަ ކްރޯޑް އިންޑިއާ ރުޕީސް ނުދީފިނަމަ މުވައްޒަފުން މަރާނެކަމުގެ އިންޒާރު މަޝްހޫރު ބޮލީވޫޑް އެކްޓަރު، ދުރެންދަރު ސްޓާރު ރަންވީރު ސިންގް އަށް ދީފިއެވެ.

މިއީ އިންޑިޔާގެ މަޝްހޫރު ފިސްމްސްޓާރުންނަށް އާއްމުކޮށް އިންޒާރު ދެމުން ގެންދާ، "ލޯރަންސް ބިޝްނޮއީ ގޭންގް" ދިން އިންޒާރެކެވެ.

އެންމެ ފުރަތަމަ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ވޮއިސް މެއިލަކުން މި އިންޒާރު ދިނީ ރަންވީރު ސިންގްގެ މެނޭޖަރަށެވެ.

އޭނާއަށް ފޮނުވި މެސެޖުގައި ރަންވީރު ސިންގްއަށް އިންޒާރު ދީފައިވަނީ 10 ކްރޯޑް ރުޕީސް ދިނުމަށެވެ.

ނަމަވެސް އެ މައްސަލަ މުންބާއި ޕޮލިހަށް ހުށަހެޅި ތަހުގީގު ކުރަން ފެށުމުން އިއްޔެ ފޮނުވި ދެވަނަ ވޮއިސް މެސެޖުގައި ބުނެފައިވަނީ، އެ މައްސަލަ ފުލުހަށް ހުށަހެޅުމުން ރަންވީރުގެ މުވައްޒަފުން މަރާނެ ކަމަށެވެ.

އޭނާ މުވައްޒަފުންނަކީ ކޮބައި ކަމަށާއި އެ މީހުންގެ ގޭގެ ހުންނަ ތަނާއި އެމީހުން އައިސް ގޮސް ހަދާ ގަޑިތަކާއި އެފަދަ ހުރިހާ މައުލޫމާތެއް ހިމެނޭ ލިސްޓެއް އެމީހުންނަށް ލިބިފައިވާ ކަމަށާއި، އެހެންކަމުން އެމީހުން ބޭނުން ކޮންމެ ވަގުތަކު ކޮންމެ މުވައްޒަފަކު މަރައިލުމަކީ ފަސޭހަ ކަމެއް ކަމަށްވެސް އެ އިންޒާރުގައި ބުނެފައިވެއެވެ. އަދި ފިލްމް ޑައިރެކްޓަރު ރޯހިތު ޝެޓީއަށްވެސް މި ވޮއިސް މެސެޖުގައި އިންޒާރު ދީފައިވެއެވެ.

"ލޯރަންސް ބިޝްނޮއީ ގޭންގް" އަކީ މީހުން މެރުމާއި ބްލެކްމެއިލް ކުރުމުގެ ނުރައްކާތެރި އަމަލުތައް ހިންގާ ގޭންގެކެވެ. އެ ގޭންގުގެ އެންމެ އިސްމީހާ ޖަލުގައި ހުރި ނަމަވެސް އިންޑިއާގެ އެކި ހިސާބުތަކުގައި ގޭންގުގެ ހަރަކާތްތައް ހުއްޓުމެއްނެތި ކުރިއަށް ދެއެވެ.

މިދިޔަ އަހަރު ސުޕަސްޓާ ސަލްމާން ހާން މަރައިލާނެ ކަމުގެ އިޒާރުދީ މި ގޭގުން ވަނީ އޭނާގެ ގެއަށް ބަަޑީގެ ހަމަލާއެއް ދީފައެވެ. ހަމަ އެގޮތަށް ރޯހިތު ޝެޓީގެ ގެއަށްވެސް އެ ގޭންގުން ހަމަލާދިނެވެ. މީގެ އިތުރނުްވެސް ފިލްމްސްޓާރުންނަށް ތަކުރާރުކޮށް މި ގޭންގުން އަންނަނީ އިންޒާރު ދެމުންނެވެ.

މި ހާދިސާތަކާ ގުޅިގެން ސަލްމާން ހާންގެ ސެކިއުރީޓީ ވަރުގަދަކޮށް ލައިވް ވަޒަނާއެކު ހާއްސަ ޓާސްކް ފޯސް އެއް އޭނާއާއެކު ހަރަކާތްތެރިވެއެވެ. ހަމަ އެގޮތަށް ރަންވީރުގެ ސެކިއުރިޓީވެސް މިހާރު ވަރުގަދަކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ރަންވީރު ސިންގްއަށް އިންޒާރުދިން މި މައްސަލަ ތަހުގީގު ކުރަމުންދާ މުމްބައި ފުލުހުން ބުނީ، ވޮއިސް މެއިން މެދުވެރިކޮށް އެ އިންޒާރުތައް ދީފައިވަނީ އެމެރިކާގެ ނަންބަރަކުން ކަމަށެވެ.

އެހެންކަމުން އެ މައްސަލަތައް ތަހުގީގު ކުރުމަށް އެހެން ގައުމުތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *