މިއަދު ހުވާ ކުރެއްވި ބަންގްލަދޭޝްގެ ބޮޑުވަޒީރާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

މިއަދު ހުވާ ކުރެއްވި ބަންގްލަދޭޝްގެ ބޮޑުވަޒީރާ ރައީސް މުއިއްޒު ބައްދަލު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރު ކަމުގެ ހުވާ މިއަދު ކުރެއްވި ތާރިޤް ރަޙްމާނާއި ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ބަންގްލަދޭޝްގެ އާ ބޮޑުވަޒީރުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބޮޑުވަޒީރު ރަޙުމާނާއެކު ބޭއްވި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި އެމަނިކުފާނަށާއި އެ ގައުމުގެ އައު ސަރުކާރަށް ހެޔޮއެދުންތައް އަރިސްކުރެއްވި ކަމަށެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ގާތް އަދި ރަޙުމަތްތެރި ގުޅުން ކުރިމަގުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތާރިގަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި އަވަހާރަވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިއާގެ ދަރިކަލެކެވެ.

އަމިއްލަ އަށް އަރުވާލެވިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން ގެންދަވާތާ 17 އަހަރު ފަހުން ތާރިގް، 60، އެނބުރި ބަންގްލަދޭޝް އަށް ވަޑައިގަތީ ޑިސެންބަރު 25 ގަ އެވެ. މަންމާފުޅު އާލާސްކަންފުޅާ ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވާފައި އޮންނަވަނިކޮށް ތާރިގް އޭނަގެ އެނބުރިވަޑައިގަތް އިރު، ހާލިދާ އަވަހާރަވީ ޑިސެމްބަރު މަހުގެ 30 ގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *