ރާއްޖެއަށް ދުވާލަކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރެކޯޑް ތިންވަނަ ފަހަރަށް އާކޮށްފި

ރާއްޖެއަށް ދުވާލަކު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުގެ ރެކޯޑް ތިންވަނަ ފަހަރަށް އާކޮށްފި

ރާއްޖެއަށް ދުވާލަކު އެންމެ ގިނައިން ފަތުރުވެރިން އަތުވެ، ރެކޯޑް އަދަދަކަށް ތިންވަނަ ފަހަރަށް އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.

ރާއްޖެއިން ތިންވަނަ ފަހަރަށް މި ރެކޯޑް އިއްޔެ މުގުރާލައިފިކަން ހާމަވީ ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ތަފާސްހިސާބުތަކުންނެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 11،136 ފަތުރުވެރިން ވަނީ ޒިޔާރާތް ކޮށްފަ އެވެ.

އެންމެ ފަހުން ރާއްޖެއަށް ދުވާލަކު އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑް ހެދީ މި މަހު އަށްވަނަ ދުވަހުގަ އެވެ. އެއީ 10،462 ފަތުރުވެރިންނާއެކު ހެދި ރެކޯޑެކެވެ. އެންމެ ފުރަތަމަ މި ރެކޯޑް ގާއިމުކުރީ މި މަހުގެ އެއްވަނަ ދުވަހު، 10،253 ފަތުރުވެރިންނާއެކު އެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް ވަނީ 349،990 ފަތުރުވެރިން ޒިޔާރަތް ކޮށްފަ އެވެ. އެގޮތުން ޖެނުއަރީ މަހު ރާއްޖެއަށް ޒިޔާރާތް ކޮށްފައިވަނީ 224،788 ފަތުރުވެރިންނެވެ. އަދި ފެބްރުއަރީ 1 އިން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޒިޔާރާތް ކޮށްފައިވަނީ 125،202 ފަތުރުވެރިންނެވެ.

ރާއްޖެއަށް މިދުވަސްވަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޗައިނާ، ރަޝިޔާ، އިޓަލީ، ޔޫކޭ އަދި ޖަރުމަން އެވެ.

އެގޮތުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރީ 49،704 ފަތުރުވެރިންނެވެ.

ސަރުކާރުގެ ޓާގެޓަކީ މި އަހަރުގެ ނިޔަލަށް 2.5 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *