ތާރު ފީފާ ތަކުގައި އަލިފާން ރޯވެފައި. ފޮޓޯ: އެމްއެންޑީއެފް

ހުޅުދޫ ބަނދަރުގައި ހުރި ތާރު ފީފާ ތަކެއްގައި ރޯވެއްޖެ

ހުޅުދޫ ބަނދަރުގައި ހުރި ތާރު ފީފާ ތަކެއްގައި ރޯވެއްޖެ

އައްޑޫ ސިޓީ، ހުޅުދޫ ބަނދަރު ސަރަހައްދުގައި ހުރި ތާރު ފީފާތަކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ އެހީތެރިކަމާއެކު ރޯވި އަލިފާން ނިއްވާލާފައިވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ހާދިސާ ހިނގީ އިއްޔެ މެންދުރެއްހާއިރުއެވެ. ތާރު ފީފާ ތަކުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ދޮޅުގަޑިއެއްހާއިރު ފަހުންނެވެ.

ތާރު ފީފާ ތަކުގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ނޭނގެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *