މާލޭގައި ގިނަ ކުދިންގެ މަންމައަކަށް ވުމަކީ ފަސޭހަ ކަމެއް ނޫނެވެ. ދިރިއުޅުން ބިޒީވެ، ޖާގަ ކުޑަވެ، އަދި ދުވަސްތައް ވަރަށް ބާރަށްދެއެވެ. ގިނަ މައިން ގޭގައި ތިބެގެން މަސައްކަތް ކުރުމާއި، ކުޑަ ވިޔަފާރިއެއް މެނޭޖް ކުރުމާއި، ކެއުން ކެއްކުމާއި، ކުދިން ސްކޫލަށް ފޮނުވުމާއި، ކޮންމެ ދުވަހަކު ސްކޫލު ދޮށަށް ދިޔުމާއި ޓިޔުޝަނަށް ގެންގޮސް ގެނައުން ނުވަތަ ޕިކަޕްތައް ބެލެހެއްޓުން ފަދަ ކަންކަން ކުރިއަށް ގެންދެއެވެ.
ހަމައެއާއެކު، ބައްޕައިންވެސް ބުރަކޮށް މަސައްކަތް ކުރަނީ، މާލޭގައި ގިނަ އާއިލާތަކަށް ދިރިއުޅުން ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކުރުމަށްވެސް މައިންބަފައިންނަށް މަޖުބޫރު ވާތީއެވެ.
އުފާވެރި ޚަބަރަކީ މިއީ:
ދިރިއުޅުމަށް ކުރާ ހުރިހާ ބުރަ ކަމަކަށް ކުޑަވެ، ފަސޭހަކަމެއް ގެންނަން ކުރެވިދާނެ ކަންކަން އެބުރިކަމެވެ. ސާދާ އާދަތަކާއި ކުޑަ ޕްލޭނިންގ ތަކަކާއެކު، މިއަށްވުރެ އިންތިޒާމުކޮށް، ހަމަޖެހޭ ކަމުގެ އިހުސާސް ކުރެވިދާނެއެވެ.
ފުރަތަމަ ފިޔަވަޅަކީ ހުރިހާ ކަމެއް ފުރިހަމައަށް ނުކުރެވޭނެ ކަމަށް ގަބޫލު ކުރުމެވެ. ބައެއް ދުވަސްތައް އޮމާންވެ، ބައެއް ދުވަސްތައް ގޯސްވެގެން ދާނެއެވެ. އެއީ އާދައިގެ ކަމެކެވެ. އޯގަނައިޒޭޝަނަކީ ފުރިހަމަ ވުމެއް ނޫނެވެ. އެއީ ދިރިއުޅުން ފަސޭހަ ކޮށްދިނުމެވެ.
ކެއުންތައް ޕްލޭން ކުރުމަކީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމެކެވެ. ދެތިން ދުވަހަށް ވާވަރަށް ކައްކާ ލުމުން، ވަގުތާއި ސްޓްރެސް ސަލާމަތް ވެއެވެ. ހަފްތާއަކު ކުޑަ ކާބޯތަކެތީގެ ޕްލޭނެއް ބެހެއްޓުމުން ޝޮޕިންގް އަވަސްވެ، އެންމެ ފަހު ވަގުތު ކެއްކުމުގެ ޕްރެޝަރު ކުޑަވެގެންދެއެވެ. އާދައިގެ ކެއުންތަކުން ފުދޭނެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ޖެހޭނީ ފެންސީ އެއްޗަކަށް ނޫނެވެ.
ދުވަހުން ދުވަހަށް އަސާސީ ރޫޓިންއެއް އުފެއްދުމަކީ އަނެއްކާވެސް ބޮޑު އެހީތެރިކަމެކެވެ. ދެން އަންނަ ކަންތައް އެނގުމުން ކުދިންނަށް ހަމަޖެހިލާ ކަހަލަ އިހުސާސެއް ކުރެވެއެވެ. ހެނދުނުގެ ރޫޓިންތަކާއި، ސްކޫލް ޑްރޮޕް ގަޑިތަކާއި، މަސައްކަތު ގަޑިއާއި، ނިދާ ގަޑި ސްޓްރިކްޓް ކުރަން ނުޖެހޭ، ހަމަ އެއްގޮތަކަށް. ލުއި ރޫޓިން ތަކުންވެސް ބިޒީ ގެއަކަށް ސްޓްރަކްޗަރ ގެނެސްދެއެވެ.
ކުޑަކުދިންނާއެކު ގޭގައި ހުރެގެން މަސައްކަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ކުދި "ވާކު ބުލޮކު" ތަކަކައް މަސައްކަތް ބަހާލުމުން އެހީތެރިވެދެއެވެ. ނިދާ ގަޑިތަކުގައި، ސްކޫލް ގަޑިތަކުގައި، ނުވަތަ ކުދިން ހޯމްވޯކް ކުރުމުގައި އަވަދިނެތި އުޅޭ ވަގުތުތަކުގައި މަސައްކަތް ކުރުން. ކޮންމެ ދުވަހަކުވެސް މަސއްކަތުގެ ކުޑަ މިންވަރެއް ނިންމުނަސް އެއީ ހެޔޮވަރު ވަރެކެވެ.ކުޑަ ކުޑަ ކުރިއެރުމަކީ ވެސް ކުރިއެރުމެކެވެ.
ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި ކުދިން ބައިވެރިކުރުމަކީ ބޮޑު ތަފާތެއް ދައްކާނެކަމެކެވެ. ކުޑަކުދިންނަށް ކުޅޭ އެއްޗެހި ރީތިކޮށް ތަންތަނަށް ލާދީއެހީތެރިވެދެވޭނެ އެވެ. ބޮޑު ކުދިންނަށް މޭޒު ސެޓް ކުރުމަށް ނުވަތަ ބިޒިނސްގަ އި ޑެލިވަކުރާ ކޮތަޅު ޕެކް ކުރުމަށް އެހީތެރިވެވިދާނެއެވެ. މިކަމުގެ ސަބަބުން ޒިންމާ ދަސްވެ، މަންމަގެ މަސައްކަތުގެ ބުރަ ކުޑަވެގެންދެއެވެ.
ބައިވެރިޔާއާ މުއާމަލާތް ކުރުމަކީވެސް މުހިންމު ކަމެކެވެ. ދެމައިންވެސް ދެމައިން މަސައްކަތް ކުރާއިރު ޓީމް ވޯކް ކުރަން ޖެހެއެވެ. ސްކޫލް ޑްރޮޕް، ގޭތެރޭގެ މަސައްކަތް، ނުވަތަ ކަންކަން ހިއްސާކުރުން ކުރެވެން އޮތް ވަރަކަށް ބާން އައުޓް ހުއްޓުވައެވެ. އެކަކު އަނެކަކަށް ތާއީދު ކުރުމުން އާއިލާ ވަރުގަދަ ވެގެންދެއެވެ.
އެންމެ މުހިންމު ކަމަކަށް، އަމިއްލަ ނަފްސަށް އޯގާތެރިވާން ހަނދާން ކުރާށެވެ. ކުރެވެން އޮތް ވަގުތެއްގައި އަރާމުކޮށްލާށެވެ. މަދުވެގެން ދިހަ މިނެޓްގެ ހަމަހިމޭން ވަގުތުކޮޅެއް ހޯދާލުން މުހިންމެވެ. ހަމަޖެހުން ގޭތެރޭގައި ޤާއިމް ވާނީ މަންމަގެ ހަމަޖެހުން ޤާއިމް ވެގެންނެވެ.
މާލޭގަ ދިރިއުޅުމަކީ ބިޒީ ދިރިއުޅުމެއް ނަމަވެސް އެއީ ހިތްވަރުގަދަ މައިންވެސް ގިނަތަނެކެވެ. ގެއާއި މަސައްކަތާއި ދަރިންނާއި ވިޔަފާރި ބެލެންސްކުރާ މައިން ކޮންމެ ދުވަހަކު އެކުރަނީ ވަރަށްވެސް ހިތްވަރުގަދަ ކަމެކެވެ. ކަމެއް ކުރަމުން އެބަދެއެވެ. ސާދާ ޕްލޭނިންގ އާއި، ޙިއްޞާކުރެވޭ ޒިންމާތަކާއި، އަމިއްލަ ނަފްސުގެ ވައްތަރުތަކާއެކު، ދިރިއުޅުން އިތުރަށް އިންތިޒާމު ކުރެވިދާނެއެވެ. އަދި އިތުރަށް ސުލްޙަވެރިކަމާއި އަމާން ކަމެއް އިޙްސާސް ކުރެވިދާނެއެވެ.





