ނުރައްކާތެރި ކާރު އެކްސިޑެންޓަކުން، ބޮލީވުޑް ސްޕަސްޓާ އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ ސަލާމަތް ވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުގެރޭ މި ހާދިސާ ހިނގީ އަކްޝޭކުމާރާއި އޭނާގެ އަންހެނުން، އެއާޕޯޓުން ޖޫހޫގައި ހުންނަ އެ ދެމަފިރިންގެ ގެއަށް އައި މަގުމަތީގައެވެ. މި ހާދިސާގައި ބާރު ސްޕީޑްގައި ދުއްވާފައި އައި ކާރެއް، ކޮންޓްރޯލުން ޖެއްޓިގެން އަކްޝާ ކުމާރުގެ ދެމަފިރިން ތިބި ކާރުގެ ކުރީގައި އޮތް އެމީހުންގެ ސެކިއުރިޓީ ވެހިކަލްގައި ޖެހުމުގެ ސަބަބުން ވިއްސައިގެން ގޮސް ވެއްޓުނީ އޮޓޯރިކްޝާއެއްގެ މައްޗަށެވެ.
މި ހާދިސާގައި އަކްޝޭއިން ކާރަށް ގެއްލުމެއް ނުވީ ޑްރައިވަރުގެ ހުޝިޔާރު ކަމުންނެވެ. ގެއްލުންވީ އަކްޝޭގެ ސެކިއުރިޓީ ވެހިކަލް އާއި އޮޓޯ ރިކްޝާގެ އިތުރުން ކޮންޓްރޯލުން ނެއްޓިގެން އައި ކާރަށެވެ. އޮޓޯ ރިކްޝާ ވަނީ މެޅި، މުޅިން ފުނޑު ފުނޑު ވެފައެވެ.
މި ހާދިސާގައި އެންމެބޮޑަށް އަނިޔާވީ އޮޓޯ ރިކްޝާ ދުއްވަން އިން މީހާ އާއި އޭގައި އިން ފަސިންޖަރެވެ. ކޮންޓްރޯލުން ނެއްޓިގެން އައި ކާރު ޑްރައިވަރަށްވެސް ކޮންމެސް ވަރަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް އޮޓޯ ޑްރައުވަރުގެ ހާލު ވަރަށް ސީރިއަސް ކަމަށްވަނީ ބުނެފައެވެ




