އެންމެ ފަހުން އޮތް 2023 ގެ ރިޔާސީ އިންތިޚާބުގައި ލަންކާގައި ބެހެއްޓި ވޯޓު ފޮއްޓަށް، އެ ގައުމުގައި ދިރިއުޅޭ ދިވެއްސަކު ވޯޓުލަނީ.

ކައުންސިލް އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ލަންކާ އާއި މެލޭޝިޔާގައި އެކަނި

ކައުންސިލް އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ލަންކާ އާއި މެލޭޝިޔާގައި އެކަނި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓު ފޮށި ރާއްޖޭން ބޭރުގައި ބަހައްޓާނީ ހަމައެކަނި ސްރީލަންކާ އާއި މެލޭޝިޔާގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، ކައުންސިލް އިންތިޚާބުގައި ރާއްޖޭން ބޭރުގައި ވޯޓުލާން ނިންމާފައި ވަނީ މަދުވެގެން 2،000 މީހުން ވޯޓުލާން ރަޖިސްޓްރީވާ ގައުމުތަކުގައި އެކަނި ކަމަށެވެ. އެ އަދަދަށް ވޯޓުލާން ރަޖިސްޓްރީ ކުރި ހަމައެކަނި ދެ ގައުމުންނެވެ. އެއީ ލަންކާ އާއި މެލޭޝިޔާއެވެ. މީގެކުރިން އާންމުކޮށް އިންޑިޔާގައިވެސް ވޯޓު ފޮށި ބަހައްޓައެވެ. ނަމަވެސް 2،000 މީހުން ވޯޓުލާން ރަޖިސްޓްރީ ނުކުރާތީ އިންޑިޔާވެސް މިފަހަރު ނުހިމެނެއެވެ.

ކޮމިޝަނުން ބުނީ މުޅި ޖުމްލަ ބަހައްޓާނީ 621 ވޯޓު ފޮށި ކަމަށެވެ. އެއީ އަތޮޅު ތަކުގައި ބަހައްޓާ 321 ފޮއްޓާއި، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުން ވޯޓުލާން، މާލެ، ހުޅުމާލެ އަދި ވިލިމާލެގައި ބަހައްޓާ 240 ވޯޓު ފޮއްޓެވެ. މީގެއިތުރުން، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ބަހައްޓާ 3 ފޮއްޓާއި، ޖަލުތަކުގައި ބަހައްޓާ 5 ފޮއްޓާއި، ރިސޯޓްތަކުގައި ބަހައްޓާ 50 ވޯޓު ފޮއްޓާއި ލަންކާ އާއި މެލޭޝިޔާގައި ބަހައްޓާ 2 ފޮއްޓެވެ.

އީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ ކޮމިޝަނުން ނިންމާފައިވަނީ އިންތިހާބުގައި ވޯޓުލާން 2،000 މީހުން ރަޖިސްޓަރީކޮށްފި ނަމަ، އެ ގައުމެއްގައި ވޯޓުފޮށި ބަހައްޓާ ގޮތަށް ކަމަށެވެ. ލަންކާ އަދި މެލޭޝިއާ ފިޔަވައި އެހެން ގައުމެއްގައި ދިރިއުޅޭ ދިވެހިން އެ އަދަދަށް ވޯޓު ރަޖިސްޓްރީ ކޮށްފައިނުވާކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 294،937 މީހުންނަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *