އިލެކްޝަންސް ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަގާމުގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު މިއަދުން ފެށިގެން މިމަހުގެ 21 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އަދި ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށާއި އަދި ރައީސް އޮފީހުގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.




