މަޝްހޫރު ފިލްމް ޑައިރެކްޓަރު އަދި ފިމްލީ ތަރި އަޙްމަދު ނިމާލް އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ގެންދިއުމުގެ މަސައްކަތް އާއިލާއިން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޮކްޓަރުންވެސް ބޮޑަށް ލަފާ ދެނީ އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފުރުމަށެވެ. އެހެންވެ ވަރަށް އަވަހަށް ނިމާލް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފުރާނެ ކަމަށްވެއެވެ.
ނިމާލަށް ޖެހުނު ސްޓްރޯކެއްގެ ސަބަބުން އޭނާގެ ޙާލު ވަނީ ސީރިއަސް ފައްތަރެއްގައެވެ. ނަމަވެސް ފުރަތަމަ އެޑްމިޓްކުރި އިރަށްވުރެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށްވެއެވެ.
ނިމާލަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ، ފަރުވާ ދެމުންދާއިރު، ދާދިފަހުން ފިލްމް ޑައިރެކްޓަރ އަބްދުލްފައްތާހަށްވެސް ވަނީ ސްޓްރޯކެއްޖެހި ނިޔާވެފައެވެ.




