ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާ އަވަހާރަ ވެއްޖެއެވެ.
ސިއްޙީ ޙާލުކޮޅު ގޯސްވެ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނިކޮށް، އުމުރުފުޅުން 80 އަހަރުގައި އެކަމަނާ އަވަހާވީ ރޭގެ ވަގުތެއްގައި ކަމަށް ބަންގްލަދޭޝްގެ ނެޝަނަލް ޕާޓީ (ބީއެންޕީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޚާލިދާ ޒިޔާއަށް ވަނީ ސިއްޙީ ވަރަށްގިނަ މައްސަލަތައް ދިމާވެފައެވެ. އޭގެތެރޭގައި ފުއްޕާމޭގެ އާލާސްކަންފުޅާއި، ހިތުގެ އާލާސްކަންފުޅާއި، ކިޑްނީގެ އިތުރުން ކިޑްނީގެ މައްސަލަތައްވެސް ވަނީ ކުރިމަތިވެވަޑައިގެންފައެވެ. މީގެއިތުރުން ލޮލުގެ އާލާސްކަންފުޅެއްގެ އިތުރުން ރާއްޖެ ބަލީގެ ވޭންވެސް ގެންދެވީ ތަހައްމަލު ކުރައްވަމުންނެވެ.
ޚާލިދާ ޒިޔާ ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ތިން ފަހަރެއްގެ މަތިން ކުރައްވާފައެވެ. ސިޔާސީ މަސައްކަތުގެ ތެރެއިން އެކަމަނާ ވަނީ ޖަލުގައިވެސް ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ޚާލިދާ ޖަލުން ސަލާމަތްވީ އެންމެ ފަހުން އިސްތިއުފާ ދެއްވި ޝައިޚް ހަސީނާގެ ވެރިކަން ވެއްޓުމާއި ހަމައިންނެވެ.




