ކުރީގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

ކުރީގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާ މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ދަރުމެންދުރާ މަރު ވެއްޖެ އެވެ.

މީޑިއާތަކުން ބުނެފައިވަނީ، ގިނަ ދުވަސްތަކަކު ބަލިވެ އުޅުމަށްފަހު ދަރުމެންދުރާ މަރުވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ހާލު ދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު، އަމިއްލަ ގެއަށް ބަދަލުކޮށް، ވެންޓިލޭޓަރުގައި ދަރުމެންދުރާއަށް ގޭގައި ފަރުވާ ދޭންފެށީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ.

ދަރުމެންދުރާ މަރުވުމާ ގުޅިގެން ފިލްމް އިންޑަސްޓްރީގައި ހިމެނޭ މީހުން މިއަދު ހެނދުނުއްސުރެން އެ ގެއަށް ދަނީ ޒިޔާރަތް ކުރަމުންނެވެ.

ދަރުމެންދުރާ މަރުވިއިރު އޭނާގެ އުމުރަކީ 89 އަހަރެވެ.

އިންޑިއާގެ ހީމޭންގެ ނަމުން މަޝްހޫރުވެފައިވާ ދަރުމެންދުރާ ފިލްމީ ދާއިރާއަށް ނިލުތީ 1964 ވަނަ އަހަރުއެވެ.

އެ އަހަރުން ފެށިގެން މިހާތަނަށް ފިލްމީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ފިލްމުތަކެއް ބެކުންތެރިންނަށް ގެނަސްދީފައިވާއިރު، އަމިއްލަ ކުންފުންޏެއް އުފައްދައިގެން އެ ކުންފުނީގެ ދަށުން ވެސް ގިނަ ފިލްމުތަކާއި ސްޓާރުންތަކެއް ވަނީ ފިލްމު އިންޑަސްޓްރީއަށް ނެރެފައެެވެ.

އެގޮތުން ދަރުމެންދްރާގެ ދަރިން ކަމަށްވާ، ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އާއި ކާފަ ދަރިފުޅު ކަމަށްވާ ކަރަން ޑިއޯލް ފިލްމީ ދާއިރާއަށް ނެރެފައި ވަނީވެސް، އެމީހުންގެ ބައްޕަގެ އަމިއްލަ ކުންފުނިން އެ މީހުންނައްޓަކާ އުފެއްދި ފިލްމުތަކުންނެވެ.

ދަރުމެންދުރާއަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި ހިމެނޭ އެންމެ ރީތި މީހުންގެ ތެރެއިން ރީތި ކަމަށް މަޝްހޫރު ތަރިއެކެވެ. އަދި އޭނާއަކީ މީހުންނަށް ހެޔޮ، އަމިއްލަ ފާމެއް އުފައްދައިގެން އޭނާގެ ފާމްގައި އަމިއްލަ އަށް ދަނޑުވެރިކަންކުމުގައިވެސް މަޝްހޫރު ތަރިއެކެވެ. އޭނާ އަކީ ދަރުވެރި އާއިލާއަކަށް ނިސްބަތްވާ މީހެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *