އިންފެކްޝަނެއް ފެތުރި އޮޅުހިޔާއިން ގިނަ އަދަދެއްގެ ބުޅާތަކެއް މަރުވެއްޖެ

އިންފެކްޝަނެއް ފެތުރި އޮޅުހިޔާއިން ގިނަ އަދަދެއްގެ ބުޅާތަކެއް މަރުވެއްޖެ

އޮޅުހިޔާ އެނިމަލް ކެއާ ފެސިލިޓީގައި އިންފެކްޝަނެއް ފެތުރުމުގެ ސަބަބުން 26 ބުޅާ މަރުވެއްޖެ އެވެ.

ޖަނަވާރުގެ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ ހަތަރު ޖަމިއްޔާއެއް ގުޅިގެން އޮޅުހިޔާ އިންސްޕެކްޓުކޮށް ނެރުނު ރިޕޯޓެއްގައި ވަނީ  20 ދުވަސްތެރޭ 51 ބުޅާ އޮޅުހިޔާގައި މަރުވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން "މާލެ ޓައިމްސް" އަށް މައުލޫމާތު ދެމުން އެނިމަލް ވެލްފެއާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ބުޅާތަކުގެ މެދުގައި އިންފެކްޝަނެއް ނުވަތަ ބައްޔެއް ފެތުރުނު ކަމަށެވެ. އެކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބުޅާ މަރުވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މަރުވި ބުޅަލުގެ ޖުމްލަ އަދަދަކީ 26 ކަމަށާއި އޭގެ ތެރޭގައި ބޮޑު އަށް ބުޅަލާއި 18 ކުދި ބުޅާ ހިމެނޭކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިހާރު އެ އިންފެކްޝަން ކޮންޓްރޯލް ކުރެވިފައިވާ ކަމަށާއި މިފަހުން އެއްވެސް ބުޅައެއް އެ އިންފެކްޝަންގައި މަރުވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *