ވަޒީރުންގެ މާލީ ބަޔާން އާއްމު ކުރުމާއި، ހުށަނާޅާ ވަޒީރުންގެ މުސާރައިން ކަނޑަން ހުށަހަޅަނީ

ވަޒީރުންގެ މާލީ ބަޔާން އާއްމު ކުރުމާއި، ހުށަނާޅާ ވަޒީރުންގެ މުސާރައިން ކަނޑަން ހުށަހަޅަނީ

ކޮންމެ އަހަރަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަންޖެހޭ، މުދަލާއި ފައިސާގެ ބަޔާން އާއްމު ކުރުމަށާއި، އެ ބަޔާން ހުށަނާޅާ މެންބަރުންގެ މުސާރައިިން އުނިކުރާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅަން މަޖިލީހަށް ފޮނުވައިފިއެވެ.

ގާނޫނުއަސާސީގެ 138 ވަނަ މާއްދައަށް މި އިސްލާހު ހުށަހަޅަން މަޖިލީހަށް ފޮނުއްވީ ގަލޮޅު އުތުރު ދާއިރާގެ އެެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް އެވެ.

މި ބިލު ހުށަހަޅާ މަގުސަދަކީ ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، އަހަރަކު 1 ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެެނެރަލަށް ހުށަހަޅަން ލާޒިމް ކޮށްފައިވި ނަމަވެސް، ބަޔާން ހުށަހަޅާނެ ވަކި މުއްދަތެއް، ކަނޑައަޅާފައި ނުވާތީ އާއި ވަޒީރުންގެ ދައުރު ފެށުމާއެކު ވަކި މުއްދަދަތެއްގެ ތެރޭގައި ބަޔާން ހާމު ކުރުން ލާޒިމް ކަމަށް ކަނޑައަޅާފައި ނުވާތީ، ވަޒީރުންގެ މަގާމުގެ ދައުރު ފަށާއިރު އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން، އަދި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަަކީ ކޮބައިކަން ހާމަ ކުރުން ލާޒިމް ކުރުން ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ ކޮންމެ އަހަރަކު 1 ފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއ،ި ވިޔަފާރީގެ މަސްލަހަތު ތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާރ ޖެނެރަލަށް ހުށަހަޅާންވާނެ ކަމަށެވެ.

ނަމަވެސް މި މާއްދާ އިސްލާހުކޮށް 6 އަކުރެއް އިތުރު ކުރަން މެންބަރު ވަނީ ހުށަހަޅުއްވައިައެވެ. އެގޮތުން ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ރައްޔިތުންގެ މަޖިލިހާއި، އޮޑިޓާރ ޖެނެރަލަށް ހުށަހަޅަން ޖެހޭ ގޮތަށް ބަދަލު ކުރަން ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން މި މާއްދާއަށް އަލަށް އިތުރުކުރި (ށ) ގައި ބަޔާން ހުށަޅަންޖެހޭ މުއްދަތު ވަނީ ބަޔާން ކޮށްފައެވެ. އެގޮތުން، މި މާއްދާގައި އަހަރު ކަމަށް މާނަކޮށްފައި ވަނީ، އެ މީހަކު ވަޒީރުކަމާ ހަވާލުވި ތާރީޚުން ފެށިގެން 1 އަހަރު ދުވަސް ހަމަވާ ތާރީޚު ކަމަށް ވަނީ ހިމަނައިފައެވެ.

އިތުރު އިސްލާހުތައް:

– (ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، 1 އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީޚުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން، މަޖިލީހަށާއި އޮޑިޓާރ ޖެނެރަލަށް ހުށަހޅާންވާނެއެވެ.

– (ރ) މި މާއްދާގެ (ހ) ގައިވާ ބަޔާނަކީ އިންސްޓިޓީއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑީވްސް އިން އޮޑިޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސް އޮޑިޓަރަކު ވެރިފައި ކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެއެވެ.

– (ބ) މި މާއްދާގެ (ނ) ގައި ބަޔާން ކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަޔާން ހުށަ ނާޅައިފިނަމަ، އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށްޖެހޭ އަދަދަށް ކެނޑެމުން ދާނެއެވެ.

– (ޅ) މި މާއްސާގެ (ހ) ގައިވާގޮތުގެ މަތިން، ބަޔާން ހުށަހެޅުމުގެ އިތުރަށް ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމަށް އައްޔަންކުރާ ކޮންމެ މީހަކު، އޭނާގެ މަގާމާ ހަވާލުވާއިރު، އޭނާއަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާރ ޖެނެރަލަށް ހުށަހަޅަން ވާނެއެވެ.

– (ކ) މި މާއްދާގެ (ހ) އަދި (ށ) ގެދަށުން ހުށަހަޅާ، ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާޖެެނރަލް އާއްމުކޮށް ޝާއިކުރަން ވާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *