ވެރިކަންކުރާ ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ބައިވެރިވި މީހުންގެ ގިނަކަމުން އިދިކޮޅު އެމްޑީޕީ މެންބަރުން ތިބީ ހުމާ ކަަމަށް ވިދާޅުވެ، ހުކުރު ވަހުގެރޭ "ލޫޓުވައިފި، ލޫޓުވައިލި،" ގެ ނަމުގައި އެމްޑީޕީން ބާއްވާ އެއްވުމަށް މީހުން ނުދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީޖުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ޕީއެންސީ ޖަގަހަ ޖަލްސާއަކަށް ގޮވާލުމުން، ބްރިޖުން ފެށިގެން ސަލްމާން މިސްހިތާ ހަމައަށް ރޭ މީހުން ޖަމާވި ކަމަށެވެ.
އެކަމުގެ ސަބަބުން އެމްޑީޕީން މެންބަރުން ހުން އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެެވެ. ފަލާހު ވިދާޅުވީ، މާދަމާރޭ އެމްޑީޕީން ބާއްވާ ޖަލްސާއަށް މީހުން ނުދާނެ ކަމަށެވެ.
"ޖެހޭނީ މީހަކަށް 150 ރުފިޔާ ދީގެން ބަންގާޅިން ގެންދަން،" ފަލާހު ވިދާޅުވިއެވެ.