ރާއްޖޭގެ އިގްތިސޯދު މިވަގުތު ދަށަށްދާއިރު، ސަރުކާރުން ރައްޔިތުންނަށް ވަމުން އަންނަ ވައުދުތައް ވަގުތީ ގޮތުން މިވަގުތަށް ހުއްޓާލައި، ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ކުރުން ހުއްޓާލަންޖެހޭ ކަމަށް ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ފިރާގު މިއަދު ވިދާޅުވީ، ސަރުކާރުންވެސް ހަގީގަތާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެއާޕޯޓުތަކާއި ހޮސްޕިޓަލްތައް އެޅުން މުހިންމު ނަމަވެސް، ބިލިއަން ޑޮލަރުން ރާއްޖެ ދާރާފައިވާއިރު، އެ ލޯނުތައް ފަސް ކުރުމަކީވެސް ރައްޔިތުން އިތުރަށް ތާށިވާނެ ކަމެކެވެ.
"މިވަގުތު އިގްތިސާދު ދަށަށްދާއިރު، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރުން ހަގީގަތާ ކުރިމަތިލާންޖެހޭ، ކޮންމެހެން މިވަގުތަށް ކުރަން ނުޖެހޭ ޚަރަދުތައް ހުއްޓާލައި، ވައުދުތައް ވަގުތީ ގޮތުން ހުއްޓާލަން ޖެހޭނެ. ބޯހިޔާވަހިކަމާއި، އެއާޕޯޓްތަކާއި، ހޮސްޕިޓަލްތަކަކީ މުހިންމު ކަންތައްތަކެއް ނަމަވެސް، މިއަދުގެ ހާލަތަށް ބަލަންޖެހޭ. ޚާއްޞަކޮށް މިހާރު އަޅުގަނޑުމެން ދަރަނިވެރިވެފައިވާ ބިލިއަން ޑޮލަރުގެ ދަރަނިތަކަށް ބަލާއިރު އަދި ދަރަނި ފަސް ކުރުމަކީ މުސްތަގުބަލުގެ ސަރުކާރުތަށްް އަދި ރައްޔިތުން އިތުރަށް ތާށިވުން." ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ، ސަރުކާރަށް މިވަގުތު ކުރެވެން ހުރި ކަންކަމަށް އިސްކަންދޭން ޖެހޭނެ ކަމަށެވެ. އަދި ސަރުކާރުން ބޮޑު ޚަރަދު ކުރުމުގެ އުސޫލުގެ ބަދަލުގައި އާންމުދަނީ ހޯދުމަށް ސަމާލުކަން ދޭންޖެހޭކަން ފިރާގު ފާހަގަ ކުރެއްވިއެވެ.
" އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ކުރެވޭނެ އަދި ކުރެވެން ހުރި ކަންކަމަށް އިސްކަން ދޭންޖެހޭ. ސަރުކާރުން މާބޮޑަށް ހަރަދު ކުރުމުގެ މިހާރުގެ އުސޫލު ކުރިއަށް ގެންދިއުމަށްވުރެ އާމްދަނީ ހޯދުމަށް އިތުރަށް ސަމާލުކަން ދޭންޖެހޭ. އަދި ހުރި ފުރުސަތު ހޯދުން މާމުހިންމުއެވެ." ފިރާގު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ވާހަކަ މިގޮތަށް މި ދައްކަވަނީ ފަހަރެއްގައިވެސް ސަރުކާރާ ދެކޮޅަށް ދައްކާ ވާހަކައެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށެވެ.
3 Responses
އެދަނީ ކޮންމެ ރަށެއްގައި އެއަރޕޯރޓް އަޅަމުން.
އެދަނީ ކޮންމެ ރަށެއްގައި އެއަރޕޯރޓް އަޅަމުން.
ބޯހަރު މީހަކަށް ދޭނެ ނަސޭހަތެއް ނޯންނާނެ