ބެޓްލް އޮފް ގަލްވާންގެ ޝޫޓިންގައި ސަލްމާން ހާން ޒަޚަމް ވެއްޖެ

ބެޓްލް އޮފް ގަލްވާންގެ ޝޫޓިންގައި ސަލްމާން ހާން ޒަޚަމް ވެއްޖެ

ސަލްމާންހާންގެ ދެން ނިކުންނަން އޮތް ފިލްމް "ބެޓްލް އޮފް ގަލްވާން" ގެ ޝޫޓިންގައި އުޅޭނިކޮށް ޒަހަމްތަކެއް ލިބިގެން ބޮންބޭއަށް ގެނެސްފިއެވެ.

އޭނާ ޒަހަމްވީ، އެތަނުގެ ގަދަ ފިނީގައި ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަނިކޮށް ހިނގި ހާދިސާއެއްގައި ކަމަށެވެ.

"ބެޓްލް އޮފް ގަލްވާން" ގެ މިހާރު ކުރިއަށް ގެންދާބައި ޝޫޓިން ކުރިއަށް ގެންދަނީ، އިންޑިއާގެ އެންމެ ފިނި ހިސާބު ކަމަށްވާ، "ލަޑާކް" ގައެވެ.

މައިނަސް 10 ޑިގްރީގައި އެތަނުގެ ފިނިމިން ހުރުމުގެ ސަބަބުން ފިލްމުގެ ޝޫޓިންއަށް ބޮޑެތި މައްސަލަތަކެއް ވަނީ ކުރިމަތި ވެފައެވެ.

ނަމަވެސް 45 ދުވަހުގެ ޝޫޓިން ގައި ސަލްމާން ހާނަށް ލިބުނީ މާ ބޮޑެތި ޒަހަމް ތަކެއް ނޫން ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފިލްމުގެ ދެން ޝޫޓުކުރާބައި އޮންނާނީ، ބޮންބޭގައެވެ. އެއީ އެކްޝަން މަންޒަރުތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *