އަޒާން އަލުން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީއަށް

އަޒާން އަލުން 241 ކޮމިޓީ އާއި މާލިއްޔަތު ކޮމެޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު އަލުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީއަށް ބަދަލުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އިއުލާނު ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ މުހިއްމު ކޮމިޓީ ތަކަކުން، އަޒާން ވަކިކުރީ މިއަހަރުގެ މާޗު މަހުގެ ތިންވަނަ ދުވަހުއެވެ.

މަޖިލިސް ކޮމިޓީ ތަކުން އަޒާން ވަކިކޮށްފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން އުނިކުރަން ޖެހޭގޮތަށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކުރަން ވޯޓު ދިނުމުގެ ބަދަލުގައި، އެބިލަށް ރޯލްކޯލް ވޯޓަަށް އަހަމުންދަނިކޮށް މަޖިލިސް ތަޅުން ދޫކުރައްވައި ނުކުންނެވުމާ ގުޅިގެން ޖެހުނު މައްސަލަ ތަކަށްފަހުގަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *