އީޕީއޭ އުވާލުމުން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

އީޕީއޭ އުވާލުމުން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

އެންވާރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އުވާލުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މީސްމީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓްތަކުގައި ވިދާޅުވީ ދިވެހިރާއްޖެއިން އަބަދުވެސް ތިމާވެށި ހިމާޔަތްކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން އައިސްފައިވަނީ، ތަރައްޤީ ހޯދުމަކީ ތިމާވެށި ގެއްލޭގޮތަށް ކުރެވިގެންވާނެ ކަމެއް ނޫންކަމުގައި ޤަބޫލު ކޮށްގެންކަމަށެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އީ.ޕީ.އޭ އުވާލަން ނިންމި ނިންމުމަކީ މި ޤަބޫލު ކުރުމާއި ޚިލާފު ކަމެއްކަމަށާއި، މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ތިމާވެށި ހިމާޔަތް ކުރުމަށް ރާއްޖޭގައި އެތައް އަހަރުތަކެއް ވަންދެން ކުރެވިފައިވާ މަސައްކަތްތައް ގެއްލިގެން ދިޔަ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މޫސުމީ ބަދަލުތަކާއި، ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި، އހޯދާފައިވާ ނަމާއި އިތުބާރު ގެއްލިގެންދާނެކަމެއް ކަމުގެ ކަންބޮޑުވުންވެސް ޝާހިދު ފާޅުކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *