ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށްދޭ ކޮންމެ ވޯޓަކީ ގައުމަށް ޚިޔާނާތްތެރިވުން: މޫސަ

ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށްދޭ ކޮންމެ ވޯޓަކީ ގައުމަށް ޚިޔާނާތްތެރިވުން: މޫސަ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭ ކޮންމެ ވޯޓަކީ ގައުމަށް ވެވޭ ޚިޔާނާތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އެމްޑީީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ޕީއެންސީ ބަލި ކުރަންޖެހޭ ކަމަށެވެ. އަދި ކައުންސިލް އިންތިޚާބާއި ގުޅިގެން ސަރުކާރުން ވަޒީފާތައް ބެހުމާއި ފައިސާ ބެހުމާއި އެނޫންވެސް ގިނަ ކަންކަން ކުރާނެ ކަމަށް އިޝާރާތް ކުރައްވައި މޫސަ އެދިވަޑައިގަތީ ފައިސާ ނަގައިގެން ވޯޓު ވިއްކާ ނުލުމަށެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ކުރައްވައި މޫސަ ވިދާޅުވީ، ފެންނަނީ ރައީސް ޑރ. މުއިއްޒު އެކަނި ވަމުން އަންނަ މަންޒަރު ކަމަށެވެ. ރައީސް މުއިއްޒުގެ އަރިހުގައި މިހާރު ތިބި ގިނަ މީހުން ރައީސް ޔާމީންގެ ފަޅިއަށް މަޑުމަޑުން އަރަމުންދާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، ކައުންސިލް އިންތިޚާބުގައިވެސް އަދި 2028 ގެ ރިޔާސީ އިންތިޚާބުގައިވެސް މި ސަރުކާރު ބަލި ކުރެވިދާނެ ކަމަށާއި، އެކަމަށް ބޭނުން ވަނީ އެމްޑީީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *