ސާވާތަކުގެ މައްސަލަ ހައްލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ދޭންފަށައިފި

ސާވާތަކުގެ މައްސަލަ ހައްލުކޮށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޚިދުމަތްތައް ދޭންފަށައިފި

އިއްޔެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލައެއްގައި ޚިދުމަތް ހުއްޓިފައި އޮތުމަށްފަހު، ޓްރާންސްޕޯޓު މިނިސްޓްރީގެ ޚިދުމަތް މިއަދު އަލުން ދޭން ފަށައިފިއެވެ.

އުމަރު ޒާހިރު އޮފީސް އިމާރާތުގައި ހުންނަ އެ މިނިސްޓްރީގެ ސާވާއަށް އިއްޔެ ދިމާވި މައްސަލަ ހައްލުނުވެ، އިއްޔެ ދިޔައީ މިނިސްޓްރީގެ ޚިދުމަތްތައް ހުއްޓިގެންނެވެ. ނަމަވެސް މިއަދު މިނިސްޓްރީގެ ހުރިހާ ޚިދުމަތެއްވެސް ލިބެމުންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. ސާވާތައް ހުއްޓުނީ އެ ތަނުގެ އޭސީތައް އޯވާހީޓު ވެގެން ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނިގޮތުގައި ސާވާތަކަށް ދިމާވި މައްސަލަ ޓެކްނީޝަނުންގެ މަސައްކަތުން ހައްލުވީ ރޭގެ ވަގުތެއްގައެވެ. މިނިސްޓްރީގެ މަސައްކަތް ހުއްޓުމާއި ގުޅިގެން ގިނަ ބަޔަކަށް ވަނީ ދަތި އުދަނގޫ އުފުލަން ޖެހިފައެވެ. ސަބަބަކީ އެ މިނިސްޓްރީއަކީ އެއްގަމާއި ކަނޑުގެ ހުރިހާ އުޅަނދެއްގެ ގިނަ ކަންކަން ކުރަމުން އަންނަ މިނިސްޓްރީއަކަށް ވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *