ބިދޭސީންނަށް ވެސް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ދޭން ހެލްތު ޕޮލިސީއެއް އިފްތިތާހުކޮށްފި

ބިދޭސީންނަށް ވެސް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ދޭން ހެލްތު ޕޮލިސީއެއް އިފްތިތާހުކޮށްފި

ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެގޮތް ކަށަވަރުކުރުމުގެ ގޮތުން "ނެޝެނަލް މައިގްރަންޓް ހެލްތު ޕޮލިސީ" އެކުލަވާލައި މިއަދު އިފްތިތާހުކޮށްފި އެވެ.

މީރުމާގައި މިއަދު ބޭއްްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕޮލިސީ އިފްތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

"ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ"ގެ މަގުސަދަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ސިއްހަތު ރައްކާތެރިކޮށް އެމީހުންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ކަންތައްތައް ހަރުދަނާކޮށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބިދޭސީންގެ އާންމު ސިއްހަތު ހަރުދަނާކުރުން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވީ އެ ޕޮލިސީއާއެކު ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ފެތުރޭ ބަލިތަކުގެ މިންވަރު ކުޑަކުރެވި ސިއްހީ ހާލަތު ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ބަލަހައްޓައި ބަލި މީހުންނަށް އެކަށީގެންވާ ފަރުވާއާއި އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީ ފަރުވާ ހޯދުމަށް ދިމާވާ ގޮންޖެހުންތައް  ކުޑަކުރަވިގެންދާނެ އެެވެ.

ބިދޭސީ މަސައްކަތްތެރިންގެ ސިއްހީ ފަރުވާ ކަށަވަރުކުރެވުމުން މުޅި ގައުމުގެ ސިއްހީ ހާލަތު ރަނގަޅު ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންވެ ވަޒީފާދޭ ފަރާތްތަކާއި މިނިސްޓްރީތަކާއި، ޖަމިއްޔާ ޖަމާއަތްތައް ގުޅިގެން އެކަމުގައި އެހީތެރިވެ ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *