ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާޔަތެއް ދޭން ނިންމަނީ

ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ކޮންމެ މީހަކަށް ފައިސާގެ އިނާޔަތެއް ދޭން ނިންމަނީ

ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލާ ރަށްރަށް ބަލައި، އެއިން ކޮންމެ ރަށެއްގެ އާބާދީގައި ހިމެނޭ ކޮންމެ މީހެއްގެ ބޭންކް އެކައުންޓަށް ސަރުކާރުން ފައިސާގެ އިނާމެއް ޖަމާކުރުމާމެދު ދިރާސާއެއް ހަދައި، ކަރުދާހެއް ހުށަހަޅުއްވަން ވަޒީރުންނަށް ދަންނަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި އެމަނިކުފާނު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކުރައްވާ ކަމެއް ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރު ކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ވާނީ ދަންނަވާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ނިންމެވިއިރު، ރާއްޖޭގައި ދުންފަތް ކޮންޓްރޯލު ކުރުމަށްޓަކައި ދާދިފަހުން ވަނީ ދުންފަތާބެހޭ ގާނޫނަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *