ގަތަރުގެ ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އިރާނުން ހަމަލާދީފި

ގަތަރުގެ ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އިރާނުން ހަމަލާދީފި

ގަތަރުގެ ހުންނަ އެމެރިކާގެ މިލިޓަރީ ބޭސްއަށް އިރާނުން ހަމަލާދީފި އެވެ.
އީރާނުގެ ތަސްނިމް ނިއުސް އެޖެންސީއާ ހަވާލާދީ އަލް ޖަޒީރާގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ހަމަލާ ދޭން ފެށި އޮޕަރޭޝަނަށް އެ ގައުމުން ކިޔަނީ ”ނަސްރުގެ އިއުލާން“ އެވެ.

އެ ހަމަލާތައް ދިންތާ އިރުކޮޅެއް ފަހުން އީރާނުގެ އިންގިލާބީ ފައުޖުން ވަނީ ގަތަރުގައި އޮންނަ ޔޫއެސް އަލް އުދެއިދު އެއާ ބޭސްއަށް މިސައިލް ހަމަލާތަކެއް ދީފައިވާކަން އިއުލާންކޮށްފަ އެވެ.

ގަތަރުގެ ވެރިރަށް ދޯހާގެ ހުޅަނގު ދެކުނުގައި އޮންނަ އަލް އުދެއިދު އެއާ ބޭސްއަކީ 24 ހެކްޓަރު ބޮޑު ތަނެކެވެ. އެއީ އެމެރިކާގެ ސެންޓްރަލް ކޮމާންޑު ހުންނަ މައި މަރުކަޒެވެ.

އެ ތަނަށް އީރާނުން ހަމަލާތަކެއް ދޭން ފަށާފައި މިވަނީ އިޒްރޭލް-އިރާން ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ ވައިގެ ހަމަލާތަކުގެ ބަދަލު ހިފާނެ ކަމަށް އީރާނުން އިއުލާންކޮށްފައި ވަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *