ފުވައްމުލަކުން ދިމާވާ ޕީއެންސީ މެމްބަރުން ބުނަނީ މުއިއްޒު ހޮވުމަކީ ހެދުނު ބޮޑު ގޯހެކޭ: ޝާހިދު

ފުވައްމުލަކުން ދިމާވާ ޕީއެންސީ މެމްބަރުން ބުނަނީ މުއިއްޒު ހޮވުމަކީ ހެދުނު ބޮޑު ގޯހެކޭ: ޝާހިދު

ފުވައްމުލަކުން ދިމާވާ ޕީއެންސީ މެމްބަރުން ބުނަނީ މުއިއްޒު ހޮވުމަކީ ހެދުނު ބޮޑު ގޯހެކޭ: ޝާހިދު

ފުވައްމުލަކަށް މިހާރު ކުރައްވާ ދަތުރުފުޅުގައި އެރަށުން ބައްދަލުވާ ޕީއެންސީގެ މެމްބަރުން ބުނަނީ، ރައީސް ކަމަށް ޑރ. މުހަންމަދު މުއިއްޒު އިންތިޚާބު ކުރެވުމަކީ ހެދުނު ބޮޑު ގޯހެއް ކަމަށް މިހާރު ގަބޫލުކުރާ ވާހަކަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ދޫޑިގަން އަވަށުގައި މިރޭ އޮތް އެމްޑީޕީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައީސް މުއިއްޒު ހޮވަން މަސައްކަތްކުރި ޕީއެންސީގެ މެމްބަރުންވެސް މިހާރު ބޭނުންވަނީ މިވެރިކަން ބަދަލުކުރަން ކަމަށެވެ.

"މިރަށުން އެބަ ބައްދަލު ކުރައްވާ ޕީއެންސީގެ ބޭބޭފުޅުން. އެބަ ވިދާޅުވޭ ހެދިފައި އޮތީ ބޮޑު ގޯހެކޭ. މުއިއްޒު އިންތިޚާބު ކުރެވުމަކީ ހެދުނު ގޯހެކޭ. ދެން ވޯޓު ދެއްވާއިރު އެކަމަށް ސަމާލުވުމަށް އެބޭފުޅުންނަށް އެބަ ދަންނަވަން"  ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަން ބަދަލު ކުރުމަށްޓަކައި ގެންނަން ޖެހުނު ކޮންމެ ފޯމިއުލާއަކަށް ތިބެންވާނީ ތައްޔާރަށް ކަމަށެވެ.

"މި އަނިޔާވެރި ސަރުކާރު ބަލިކޮށްލެވޭނެ ކޮންމެ ފޯމިއުލާއަކަށް އަޅުގަނޑުމެން އެންމެން ތިބެންވާނީ ތައްޔާރަށް. އަމާޒު ހުންނަން ވާނީ މުސްތަޤްބަލަށް" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވަނީ ކުރިއަށް އޮތް ލޯކަލްކައުންސިލް އިންތިޚާބުގެ ކުރިން ކައުންސިލްތަކުގެ އަދަދު މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ކައުންސިލްތައް ކުޑަކޮށް، ކައުންސިލްތަކުގެ އަގު ވައްޓާލުމަށް މަސައްކަތް ކުރަނީ ގޮތް ހުސްވުމުން ކަމުގައި ވިދާޅުވިއެވެ. އަދި ކައުންސިލަރުންގެ އަދަދު މަދުކުރަން ސަރުކާރުން އުޅެނީ ޚަރަދު ކުޑަކުރަން ނޫން ކަމަށާއި، ކައުންސިލަރުން މަދުކޮށް، ހަމަ އެ އަދަދަށް ސްޓޭޓް މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އައްޔަން ކުރާނެ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

މިރޭ ފުވައްމުލަކުގައި އޮތް އެމްޑީޕީގެ ޖަލްސާގައި ޝާހިދުގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި، ފުވައްމުލަކުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސްފަރާތްތަކާއި އާންމު މެމްބަރުންވެސް ބައިވެރިވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *