ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއާއި ގުޅެން ނިންމި ނިންމުމަށް އުފަލާއެކު މަރުހަބާ ވިދާޅުވާ ކަމަށާއި، ޑިމޮކްރެޓްސްއިން އެނބުރި އައިސް ގުޅޭ މެމްބަރުންނާމެދު "ހިތް ޚަލާސް" ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާއަށްފަހު ފައްޔާޒް ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި އެމްޑީޕީ ދެބައިވުމުގެ ސަބަބުން ވަރަށް ހިތި ނަތީޖާއެއް ކުރަން ޖެހުނު ކަމަށާއި، އެހެންވެ ޕާޓީގެ ކުރިމަގު ރަނގަޅު ކުރުމަށް ނަޝީދާއި ޑިމޮކްރެޓްސް އެނބުރި އައުން މުހިންމު ކަމަށެވެ.
ފައްޔާޒް ވިދާޅުވީ، ދިވެހިރާއްޖެ އަނބުރާ ރަނގަޅު މިސްރާބަކަށް ގެންދިއުމަށްޓަކައި އެ ޕާޓީއާއެކު ގުޅެންތިބި ހަމަ ހުރިހާ މެމްބަރުންނާ އެއްކޮށް މަސައްކަތް ކުރަން އެމްޑީޕީ ބޭނުންވާ ކަމަށެވެ. އަދި ޑިމޮކްރެޓްސްގެ މެމްބަރުން އަލުން އެނބުރި އެމްޑީޕީއާ ގުޅެން ނިންމީތީ ވަރަށް އުފާވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.
ރޭ އޮތް ގައުމީ މަޖިލީހުގެ ޖަލްސާގައިވެސް އެ ޕާޓީގެ މެމްބަރުންވެސް ވަނީ ނަޝީދާއި ޑިމޮކްރެޓްސްގެ އެނބުރި އައުމަށް މަރުހަބާ ކިޔާފައެވެ. އަދި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުވެސް ވަނީ މަރުހަބާ ވިދާޅުވެފައެވެ.