ޑިމޮކްރެޓްސްއިން އަންނަ މެމްބަރުންނަށް މަރުހަބާ، ދެންވެސް އެކުގައި އުޅެވޭތޯ ބަލަމާ ހިނގާ: މޫސަ

ޑިމޮކްރެޓްސްއިން އަންނަ މެމްބަރުންނަށް މަރުހަބާ، ދެންވެސް އެކުގައި އުޅެވޭތޯ ބަލަމާ ހިނގާ: މޫސަ

ކުރީގެ ރައީސް މުޙަންމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއަށް އަންނަން ނިންމި ނިންމުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކުވެސް މަރުހަބާ ވިދާޅުވެއްޖެއެވެ.

ނަޝީދާއި ޑިމޮކްރެޓްސް އެމްޑީޕީއަށް އެނބުރި އައުމަށް ނިންމި ނިންމުމަށް އެމްޑީޕީ އާއި އެ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް މަރުހަބާ ވިދާޅުވެފައިވާއިރު، މޫސަގެ މަރުހަބާގެ މެސެޖުގައި އެދިވަޑައިގަތީ އެކުގައި އުޅުމަށެވެ.

"މަރުހަބާ އެމްޑީޕީ މެމްބަރުން. މި އޮޑިއެއް ނުފެތޭނޭ މިއަޒުމެއް ނުގުޑާނޭ. އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް މަރުހަބާ! ދެންވެސް އެކުގާއުޅެވޭތޯ ބަލަމާ ހިނގާ" އެމްޑީޕީއަށް ޚާއްސަ ލަވައަކާއެކު މޫސަ ދޫކޮށްލެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީއަށް އައުމަށް ނިންމި ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންވެސް ރޭ އޮތް ބައްދަލުވުމެއްގައި ވަނީ މަރުހަބާ ކިޔާފައެވެ. އަދި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ރައީސް އިބްރާހީމް މުޙަންމަދު ސޯލިހުވެސް ވަނީ މަރުހަބާ ދަންނަވައި ޕޯސްޓެއް ކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *