އެމެރިކާއިން އިޒްރޭލަށް އެހީވާން ނިންމައިފިނަމަ އެއީ ހަނގުރާމައިގައި އިޒްރޭލު ބަލިކަށިވެއްޖެކަން ސާފުކޮށް ދުނިޔެއަށް ސާބިތުވެގެން ދިޔުން ކަމަށް އިރާން ސުޕްރީމް ލީޑަރު ހަމާނީ ވިދާޅުވެއްޖެ އެވެ.
އިރާން މީޑިއާތައް މެދުވެރިކޮށް އެ ގައުމުގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ހަމާނީ މިއަދު ވިދާޅުވީ އިރާނުން އެއްވެސް ފަރާތަކަށް އަމާން ނުދޭނެ ކަމަށެވެ. ހަމާނީ ވިދާޅުވީ ހަނގުރާމައިގެ ތެރެއަށް އެމެރިކާ ވަދެއްޖެނަމަ އިޒްރޭލަށާއި އެމެރިކާއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް އިރާންގެ ފަރާތުން ލިބިގެންދާނެ ކަމަށެވެ.
"އަދި މި ހަނގުރާމައިގެ ތެރެއަށް އެމެރިކާއިން ވަދެ އިޒްރޭލަށް އެހީވުމުން އެއީ އިޒްރޭލު ބަލިކަށިވީކަން ދުނިޔެއަށް ސާބިތުވެގެން ދާނ. އެއީ އިޒްރޭލު ކިބައިގައި ހަނގުރާމަ ކުރުމުގެ ގާބިލިއްޔަތުކަން ނެތްކަން ދައްކުވައިދޭ ކަމެއް" ހަމާނީ ވިދާޅުވި އެވެ.
ހަމާނީ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާ ގުޅިގެން މަޝްވަރާ ކުރުމަށް އެމެރިކާގެ ފަރާތުން އެއްވެސް ހުށަހެޅުމެއް އިރާނަށް ހުށަހަޅާފައިނުވާ ކަމަށެވެ.
އެފަދަ ހުށަހެޅުމެއް ބަލައިވެސް ނުގަންނާނެ ކަމަށް ހަމާނީ ވިދާޅުވި އެވެ.
One Response
ޢެމެރިކާއަކީ އިޒްރޭލުގެ ގޮޑި ކޮއްކޮ