??????

ކުރީ ސަރުކާރު ތަކުން ނަތީޖާ ނެރެން ދެތިން އަހަރު ނެގި. މިސަރުކާރުން މިހާރުވެސް ނަތީޖާ ފެނިއްޖެ: އަނާރާ

ކުރީ ސަރުކާރު ތަކުން ނަތީޖާ ނެރެން ދެތިން އަހަރު ނެގި. މިސަރުކާރުން މިހާރުވެސް ނަތީޖާ ފެނިއްޖެ: އަނާރާ

ފާއިތުވީ ހުރިހާ ސަރުކާރަކުންވެސް ނަތީޖާ ނެރެން ދެތިން އަހަރު ނެގި ކަމަށާއި، ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މިހާރުވެސް ނަތީޖާ ނެރެމުން ދާކަމުގައި ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަނާރާ ވިދާޅުވީ، ސަރުކާރުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް ވަރަށްގިނަ ޕްލޭންތަކެއް ކޮށްފައިވާ ކަމަށެވެ.

"ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާކަން އަޅުގަނޑު ފާހަގަ ކޮށްލަން. ހަގީގަތުގައި ކޮންމެ ސަރުކާރެއް އައިސްވެސް މަސައްކަތުގެ ނަތީޖާ ހަގީގަތުގައި ފެންނަން ދެއަހަރެއް، ތިން އަހަރެއްވަރު ނަގާ. އެހެންނަމަވެސް މި ސަރުކާރުން ހަމަ ނަތީޖާތައްވެސް މިހާރުވެސް ފެންނަމުން ދާކަން އަޅުގަނޑު ފާހަގަ ކޮށްލަން" އަނާރާ ވިދާޅުވިއެވެ.

ރަށު ކައުންސިލް ތަކުގެ މެމްބަރުންގެ އަދަދު މަދުކުރުމާއި، މުސާރަތާއި ބެހޭގޮތުން ކުރެވުނު ބަހުސްގައި އަނާރާ ވިދާޅުވީ، ގާނޫނުތަކަށް ބަދަލު ގެނެސްގެންވެސް މުޅި ރާއްޖެއާއި ރަށްރަށަށްވެސް އެންމެ ފައިދާހުރި ގޮތްތައް ހޯދަން މަސައްކަތް ކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ދާއިރާތައް ތަމްސީލުކުރާ ގާނޫނުހަދާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ހައިސިއްޔަތުން ބޭނުންވާނީ، ކޮންމެ މެމްބަރަކުވެސް ބޭނުންވާނީ އެ މެމްބަރެއްގެ ދާއިރާގެ ރަށްތަކަށް ރައްޔިތުން ބޭނުންވާ ކަންތައްތަކެއް ވެގެން ދިއުން" އަނާރާ ވިދާޅުވިއެވެ.

މަކުނުދޫ ދާއިރާގެ މެމްބަރުކަންވެސް ކުރިން ކުރެއްވި އަނާރާ ވިދާޅުވީ، ކައުންސިލް މެމްބަރުންގެ އަދަދާއި، ކައުންސިލްތަކާގުޅޭ ބޮޑު ބަދަލެއް ގެންނަނަމަ، ރަށްރަށުގެ ރައްޔިތުންގެ ޚިޔާލު ހޯދުމަކީވެސް މުހިންމު ކަމެއް ކަމަށެވެ.

"ރަށްރަށުގެ ރައްޔިތުންގެ ޚިޔާލުވެސް ލިބެންޖެހޭ ކަމެއް މިއީ. ކައުންސިލަރުންގެ އަދަދާމެދުވެސް. ބަޔެއް ރަށްރަށަކީ އިގްތިސޯދީ މުހިންމު މަސައްކަތްކުރާ ރަށްރަށް. ޚާއްސަކޮށް މާލެ ކައިރި ރަށްރަށް." އަނާރާ ވިދާޅުވިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހަށް މިކަމާމެދު ގަރާރެއް ވަނީ ހުށަހަޅާފައެވެ. ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ސުޖާ ހުށަހެޅުއްވި އެ ގަރާރުގައި ބުނެފައި ވަނީ ކައުންސިލްތަކުގެ ފުލްޓައިމް ކައުންސިލަރުންގެ އަދަދު 1 ނުވަތަ 2 އަށް ބަދަލުކޮށް، ދެންތިބޭ ކައުންސިލަރުންނަކީ ޖަލްސާއަށް ހާޒިރުވުމުން އެލަވަންސެއްދޭ ބަޔަކަށް ހެދުމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *