ތެހެރާން އަންދާލާނަން: އިޒްރޭލް

ތެހެރާން އަންދާލާނަން: އިޒްރޭލް

އިޒްރޭލްގެ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް އީރާނުން ހަމަލާ ދެމުންދާނަމަ، އީރާނުގެ ވެރިރަށް ތެހެރާން އަންދާލާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފިއެވެ.

އިޒްރޭލްގެ ދިފާއީ ވަޒީރު ކަޓްޒް ވިދާޅުވީ އެ ގައުމުގެ އާންމުން ދިރިއުޅޭ ސަރަހައްދު ތަކަށް އީރާނުން ހަމަލާދިނުން ހުއްޓާލުމަށް އިންޒާރު ދެއްވާފައެވެ. އޭނާ ވިދާޅުވީ އެކަން އީރާނުން ކުރަމުންދާނަމަ، ނަތީޖާއަކަށް ވާނީ އީރާނުގެ ވެރިރަށް ތެހެރާން މުޅިން އަންދާލައި ސުންނާފަތި ކޮށްލަން ޖެހުން ކަމަށެވެ.

އޭނާ ވިދާޅުވީ، އީރާނުން ދަނީ އީރާނުގެ ރައްޔިތުން ނުރައްކަލަށް ވައްދަމުން ކަމަށެވެ. އީރާނުން އިޒްރޭލްގެ ރައްޔިތުންނަށް ނުރައްކާ ކުރަމުންދާ ވަރަކަށް އީރާން ރައްޔިތުންގެ ރައްކާތެރިކަންވެސް ގެއްލޭނެ ކަމުގެ އިންޒާރު އޭނާ ތަކުރާރު ކުރެއްވިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫވެސް ވިދާޅުވީ، ކުރިޔަށް އޮތްތަނުގައި އީރާނުގެ ވެރިރަށް ތެހެރާންގެ އުޑުމަތިން އިޒްރޭލްގެ ބޮންއަޅާ ޖެޓުތައް އުދުހޭ މަންޒަރު އީރާނަށް ފެންނާނެ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *