2028 ގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޔާމީން: މޫސަ

2028 ގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ޔާމީން: މޫސަ

ކުރިޔަށް އޮތް 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓް މިހާރުގެ ރައީސް ޑރ. މުޙަންމަދު މުއިއްޒަށް ލިބިވަޑައިނުގަންނަވާނެ ކަމަށާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެގެންދާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ޕްރޮގްރާމްގެ ޕްރެޒެންޓަރު ކުރެން މޫސަ ސުވާލު ކުރެއްވީ ރައީސް މުއިއްޒަށް ވާނެގޮތް އެނގިވަޑައިގަންނަވާތޯއެވެ. މޫސަ ވިދާޅުވީ ޕީއެންސީގެ ތެރޭގައި ވަރަށް ބޮޑެތި މައްސަލަތައް އުޅޭކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންފައިވާ ކަމަށާއި، 2028 ގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކަށް ވާނީ ރައީސް ޔާމީން ކަމަށެވެ. އެއީ ވަރަށް ޔަގީން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

މޫސަ އެ އިޝާރާތް ކުރެއްވީ ރިޔާސީ އިންތިޚާބުގެ ޓިކެޓަށް ރައީސް ޔާމީން ޕީއެންސީއަށް ގުޅިވަޑައިގެންފާނެ ކަމަށެވެ. ނަމަވެސް އެކަމާބެހޭ ގޮތުން އިތުރު ތަފްސީލަކަށް މޫސަ ވަޑައިނުގެންނެވިއެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ދެވަނަ ދައުރަކަށް ރައީސް ޑރ. މުއިއްޒު ކުރިމަތިލައްވާނެ ކަމަށް އެ ޕާޓީގެ އިސްބޭފުޅުން މީގެކުރިން އެކި ޖަލްސާ ތަކުގައި ވިދާޅުވެފައިވެއެވެ. ރައީސް ޔާމީން ޕީއެންސީއަށް ވަޑައިގެން ރައީސް މުއިއްޒާ ވާދަކުރައްވައި ރިޔާސީ ޓިކެޓް ހޯއްދަވާނެ ކަމަށް ވާހަކަ ދެކެވުނު ނަމަވެސް މިވަގުތު ރައީސް ޔާމީން ހުންނެވީ އަމިއްލަފުޅު ޕާޓީއެއް ހައްދަވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *