މަޑަކުން ނުތިބޭނަން، އިޒްރޭލުން ކުރި މޮޔަ އަމަލަށް އަބަދަށް ހިތާމަ ކުރުވާނަން: އިރާން ރައީސް

މަޑަކުން ނުތިބޭނަން، އިޒްރޭލުން ކުރި މޮޔަ އަމަލަށް އަބަދަށް ހިތާމަ ކުރުވާނަން: އިރާން ރައީސް

އީރާނުގެ ރައްޔިތުންނަށް ދެއްވި މެސެޖެއްގައި މަސްއޫދު ވިދާޅުވީ، އީރާނުން އިޒްރޭލަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި އިޒްރޭލަށް ކުރެވުނު މޮޔަ އަމަލަށް ހިތާމަ ކުރަންޖެހޭވަރު ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.

މަސްއޫދު އިތުރަށް ވިދާޅުވީ މިއަދަކީ އީރާންގެ ރައްޔިތުން ކުރިއަށްވުރެ ބޮޑަށް އިތުބާރު ކޮށްގެން އެއްބައެއްވަންކަމާއި އެއްބައިވަންތަކަމުގައި ތިބެންޖެހޭ ވަގުތެއް ކަމަށެވެ.

މަސްއޫދު މިގޮތަށް އިޒްރޭލަށް އިންޒާރު ދެއްވި އިރު، ހަމަލާތަކާ ގުޅިގެން އިޒްރޭލަށް ހަރުކަށި އަދަބެއް ދެއްވާނެ ކަމަށް އީރާނުގެ ރޫހީ ވެރިޔާ އާޔަތުالله އަލީ ހަމަނާއީ ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ފަހުން އީރާނުން އިޒްރޭލަށް ހަމަލާ ދިނުމުގެ ގޮތުން 100 އަށްވުރެ ގިނަ ޑްރޯން ފޮނުވާލި ނަމަވެސް އޭގެން މާބޮޑު އަސަރެއް ކޮށްފައެއް ނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އީރާނަ މިކަމުގައި ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް އެދެން، އަހަރުމެން ހުރިހާ މުސްލިމުންގެ އަގު ހިފަހައްޓަން މި ވަޤުތު އީރާން ނޫން ބައެއް ނެތް. ވަރަށް ބޮޑަށް ސާބަސް. ހުރިހާ މުސްލިމުންގެ ދުޢާ އަކީ އީރާނަށް (އަހަރުމެނަށް) ކާމިޔާބު ދެއްވުން. އާމީން!

Leave a Reply

Your email address will not be published. Required fields are marked *