ބްރޯޑްކާސްޓިން ކޮމިޝަން އަށް މެންބަރަކު އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް، އިތުރަށް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ އެ ކޮމިޝަންގައި މިހާރު ތިއްބެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އާމިނަތު އަމީނާގެ މެންބަރު ކަމުގެ މުއްދަތު އަންނަ ޖޫން މަހުގެ 14ގެ ނިޔަަލަށް ހަމަވާތީއެވެ.
ބްރޯޑްކޮމްއަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިއުލާނާއި ގުޅިގެން 6 ބޭފުޅެއްގެ ނަން ރައީސް މުއިއްޒު އިސްކަން ދެއްވާ ތަރުތީބުން ވަނީ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފައެވެ.
ރައީސް މަޖިލީހަށް ފޮނުއްވި ނަންތަކުގެ ތަރުތީބު:
1- ޒައްމަތު އަހުމަދު ވަހީދު، މަލަ ގދ. ތިނަދޫ
2- އިބްރާހީމް އަޝްރަފް ވ. މަށިވެލި
3- މޫސާ ރިލްވާން މ. ހާވިލާޒީނާ
4- ޒީނާ ޒާހިރު އަތިރީގެ ގދ. ގައްދޫ
5- އަލީ ޔޫސުފް ބާރަނާ ޅ. ހިންނަވަރު
6- ޝިމްލާ އަޙްމަދު އާސްޓްރަލްގެ ސ. ހިތަދޫ