ރާއްޖޭގެ 16 ޕަސެންޓް ކުދިން ކިޔަވާކަށް ނުދޭ، 2 ޕަސެންޓް ކުދިންގެ ބެލެނިވެރިޔަކު ނެތް!

ރާއްޖޭގެ 16 ޕަސެންޓް ކުދިން ކިޔަވާކަށް ނުދޭ، 2 ޕަސެންޓް ކުދިންގެ ބެލެނިވެރިޔަކު ނެތް!

ރާއްޖޭގައި 16 ޕަސެންޓް ކުދިން އެއްވެސް ކަހަލަ ތައުލީމެއް އަދި ތަމްރީނެއް ހޯދަމުންނުދާ ކަމަށާއި 2 ޕަސަންޓް ކުދިންނަކީ ބެލެނިވެރިޔަކާއި ނުލައި ދިރިއުޅެމުންދާ ކުދިން ކަމަށް ތަފާސް ހިސާބުގައި ބުނެފި އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އެމްބީއެސްއިން ނެރުނު ތަފާސް ހިސާބުގައިވާ ގޮތުން ކުޑަކުދިންގެ އާބާދީއަކީ 131،154 އެވެ. އެއީ މުޅި އާބާދީގެ 21.8 ޕަސަންޓް ކަމަށާއި އޭގެތެރޭގައި ހިމެނެނީ 62،758 އަންހެން ކުދިންނާއި 68،396 ފިރިހެން ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

2022 ވަނަ އަހަރުގެ ތަފާސް ހިސާބަށް ހަވާލާދީ އެމްބީއެސްއިން އާންމުކުރި ތަފާސް ހިސާބުގައި ބުނީ ކުޑަކުދިންގެ އާބާދީގެ 74 ޕަސެންޓް ކުދިންގެ ދިރިއުޅެނީ މައިންބަފައިންނާއި އެކުގައި ކަމަށެވެ. އަދި 22 ޕަސެންޓް ކުދިން ދިރިއުޅެނީ މަންމަ ނުވަތަ ބައްޕައާއި އެކުގައި ކަމަށެވެ.

ކުދިންގެ ތައުލީމީ ކަންކަމާއި ގުޅިގެން އެމްބީއެސްއިން ބުނީ ރާއްޖޭގައި 99،300 ކުދިން ކިޔަވަންދާ ކަމަށެވެ. ތަފާސް ހިސާބުގައިވާ ގޮތުން ޕްރައިމަރީ އަދި ސާނަވީ ތައުލީމުގައި ފިރިހެން ކުދިން ގިނައެވެ. ނަމަވެސް މަތީ ސާނަވީ ތައުލީމުގައި ގިނައީ އަންހެން ކުދިން ކަމަށް އެމްބީއެސްއިން ބުންޏެވެ.

ތަފާސް ހިސާބުގައި އިތުރަށް ބުނެފައިވާ ގޮތުން ގާތްގަނޑަކަށް 16 ޕަސަންޓް ކުދިންނަކީ ކިޔަވަން ނުދާ، މަސައްކަތުގައި ހަރަކާތްތެރި ނުވާ އަދި ތަމްރީނެއްގައިވެސް ހަރަކާތްތެރިނުވާ ކުދިންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *