ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ ހިތްހަމަ ނުޖެހެނީ މަދު ބަޔަކު: އަމީން

ސަރުކާރުން ޓެކްސީ ޚިދުމަތް ފަށާތީ ހިތްހަމަ ނުޖެހެނީ މަދު ބަޔަކު: އަމީން

އެމްޓީސީސީ އާއި ހަވާލު ކޮށްގެން ސަރުކާރުން ފަށަން ހަމަޖެހިފައިވާ ޓެކްސީލައިންގެ ހިދުމަތާމެދު ހިތްހަމަ ނުޖެހެނީ، ވަރަށްމަދު  ބައެއްކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަރުކާރުގެ ޓެކްސީ ހިދުމަތާބެހޭ ގޮތުން، މަޖިލިސް މެންބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ ހިދުމަތާބެހޭ ގޮތުން، ޓެކްސީ ކުރާ ފަރާތްތަކާ ތެދު ބަހުން ވާހަކަ ދައްކަވާފައި ވާނެތޯ، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އަމީން ވިދާޅުވީ، އެ މައްސަލައިގައި ޓެކްސީގެ ހިދުމަތްދޭ ބޭފުޅުންނާއި، ޓެކްސީ އެއޯސިއޭޝަނާއި ތިންފަހަރު ބައްދަލުކޮށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އޭގެ އިތުރުން މިނިސްޓްރީގެ އެކި ބޭފުޅުން އެކި ފަހަރު މަތިން އެ ފަރާތްތަކާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިން ހިދުމަތް ފެށުމަށް ދެކޮޅު ހަދަނީ ވަރަށްމަދު ބައެއް ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއް އޮތަސް ދެކޮޅުހަދާ ބައެއް ކަަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ޓެކްސީލައިން ފެށުމާބެހޭ ގޮތުން، މިހާރު ޓެކްސީ ކުރާ ފަރާތްތަކާ ބައްދަލުކޮށް، ތެދު ބަހުން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަދި ސަރުކާރުން ޓެކްސީ ހިދުމަތް ފަށަނީ އެެބޭފުޅުންގެ ވިޔަފާރިއަށް ހުރަސް އަޅަން ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *