ފިލަން ވެގެން އެއްލާލި ކޮތަޅު ތަކަކުން 221 ކާޓަންގެ ސިނގިރޭޓު

ފިލަން ވެގެން އެއްލާލި ކޮތަޅު ތަކަކުން 221 ކާޓަންގެ ސިނގިރޭޓު

މަގުމައްޗަށް ދޫކޮށްފައި ދިޔަ ކަޅު ކޮތަޅު ތަކަކުން، ވަގަށް އެތެރެ ކޮށްފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ސިނގިރޭޓް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ ރޭ ބޮޑުރަސްގެފާނު މަގުން ފިލައިގެން ދާން އުޅުނު ޕިކަޕަކުން ކަޅު ކުލައިގެ ތިން ކޮތަޅު މަގުމައްޗަށް އެއްލާލާފައި ދިއުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެ ކޮތަޅުތައް ބަލައި ފާސް ކުރިއިރު، ރާއްޖެއަށް ވަގަށް އެތެރެކޮށްފައިވާ ކަމަށް ޝައްކު ކުރެވޭ 221 ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ބަންގްލަދޭޝްގެ 3 ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިދިޔަ މަހުވެސް ފުލުހުން ވަނީ ވަގަށް ރާއްޖެއަށް އެތެރެކުރަން އުޅުނު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގަނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *