ރާއްޖޭގައި ތިބީ 74 އިންޑިޔާ ސިފައިން، އެންމެން ގެންގޮސްފި: ގައްސާން

ރާއްޖޭގައި ތިބީ 74 އިންޑިޔާ ސިފައިން، އެންމެން ގެންގޮސްފި: ގައްސާން

ރާއްޖޭގައި ތިބީ އިންޑިޔާގެ 74 ސިފައިން ކަމަށާއި އެ އެންމެން އަނބުރާ ގެންގޮސްފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު، ޣައްސާނާއި ސުވާލު ކުރެއްވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާގޮތަށް އިންޑިއާގެ އެތައްހާސް ސިފައިން ރާއްޖޭގައި ތިބިކަމަށާއި އެ އެންމެން ފޮނުއްވާލައްވާނެ ކަމަށް ވިދާޅުވެ، ވެރިކަމަށް ވަޑައިގެން އެ އެންމެން ފޮނުވާލައްވާފައި ވޭތޯ އޮޅުން ފިލުވުމަށެވެ.

އެ ސުވާލާއި ގުޅިގެން ޣައްސާން ވިދާޅުވީ، ރާއްޖޭގައި އޭރު ހަރަކާތްތެރިވި ހުރިހާ ސިފައިންނެއް ދެގައުުގެ ދެމެދުގައި އޮތް ގާތް ގުޅުުގެތެރެއިން އިންޑިޔާ ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އިންޑިޔާ އިން ގެންދިޔަ ކަމަށް މިނިސްޓަރު ވިދާޅުވި ސިފައިންގެ އަދަދު:

ހދ. ހަނީމާދޫން، 7 އޭޕްރީލް 2024 ގައި 12 ސިފައިން

9 އޭޕްރީލް 2024 ގައި 13 ސިފައިން

ލ. ކައްދޫން، 7 މެއި 2024 ގައި 13 ސިފައިން

9 މެއި 2024 ގައި 12 ސިފައިން

އައްޑޫ ސިޓީން، 7 މާޗް 2024 ގައި 12 ސިފައިން

9 މާޗް 2024 ގައި 12 ސިފައިން

މިނިސްޓަރު ވިދާޅުވީ، އެ ހުރިހާ ސިފައިން އިންޑިޔާއިން އަނބުރައި ގެންދިޔައީ، ދެގައުމުގެ ދެމަދުގައި އޮތް ގާތް ގުޅުމުގެ ތެރެއިން ކަމަށެވެ. އަދި މިހާރު އެއްވެސް ގައުމެއްގެ އަސްކަރިއްޔާއެއް ރާއްޖޭގައި ނޯންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *