ފެމިލީމޭން 3 ގެ އެކްޓަރު މަރާލާފައި އޮއްވާ ފެނިއްޖެ

ފެމިލީމޭން 3 ގެ އެކްޓަރު މަރާލާފައި އޮއްވާ ފެނިއްޖެ

ފެމިލީ މޭން 3ގެ ބޮލީ ވޫޑް އެކްޓަރު ރޯހިތު ބާސްފޯ އިއްޔެ މަރާލާފައި އޮއްވާ ފެނިއްޖެއެވެ.

އޭނާގެ އާއިލާއިން ބުނެފައިވަނީ ރައްޓެހިންތަކަކާއެކު ބޭރަށް ގޮސްލަނީކަމަށްބުނެ، އޭނާ ބޭރަށް ދިޔައީ މިދިޔަ އާދިއްތަ ދުވަހު މެންދުރުގެ ވަގުތެއްގައި ކަމަށެވެ.

ނަމަވެސް އެދުވަހުގެ ހަވީރު އޭނާއާ ފޯނުން ނުގުޅުނު ކަމަށާއި، އެރޭ ދަންވަރުގެ ވަގުތެއްގައި އޭނާގެ ރައްޓެއްސަކު ފޯނުން ގުޅާފައި، އޭނާ އެކްސިޑެންޓްވިކަމަށް މައުލޫމާތު ދީފައިވާކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ ރޯހިތު މަރާލާފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ ގަރުބަންގާ ފޮރެސްޓް ކައިރިން ވޯޓާ ފޯލްއަކުންނެވެ.

އޭނާގެ ހަށިގަނޑު ގޮވަހަތީ މެޑިކަލް ކޮލެކް ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ބޮލާއި މޫނާއި ހަށީަގނޑުގެ އެކި ތަންތަން ޒަހަމްވެފައިވާ ކަމަށް ވަނީ ބުނެފައެވެ.

އޭނާގެ އާއިލާއިން އެނާ މަރާލުމުގެ ތުހުމަތު ކުރަނީ އޭނާގެ ހަތަރު ރައްޓެހިންނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *