ރާއްޖޭގެ ސިއްޙީ ދާއިރާގެ މަސައްކަތްތެރިން އިތުރު ގަޑީގައި ކުރާ މަސައްކަތުގެ ފައިސާ ހަމައަށް ދިނުމަށް ސިއްޙީ ދާއިރާގެ ޚިދުމަތްތެރިންގެ ޖަމްއިއްޔާ ކަމަށްވާ މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ) އިން މިއަދު ގޮވާލައިފިއެވެ.
އެމްއެޗްޕީޔޫއިން ގޮވާލީ އިތުރު ގަޑީގެ ފައިސާ ދިނުމުގައި ދައުލަތުގެ ޕޭ ފްރޭމްވޯކުގައި މިހާރު ކަނޑައަޅާފައިވާ %10ގެ ކެޕް އުވާލުމަށެވެ. އަދި އެކަން އަވަސް ކުރަންވެސް ވަނީ ގޮވާލާފައެވެ.
އެ ޖަމްއިއްޔާއިން ބުނީ، ރަސްމީ ދުވަސްތަކުގެ އިތުރުން ބަންދު ކަމަށް ސަރުކާރުން ކަނޑައަޅާ ދުސްވަތަކުގައިވެސް މަސައްކަތްކުރުވާ ނަމަ ވަަޒީފާއާބެހޭ ޤާނޫނު ބުނާ ގޮތުގެ މަތިން އިތުރު ގަޑި އަދި ބަންދު ދުވަސްތަކުގެ އެލަވަންސް ދޭންޖެހޭނެ ކަމަށެވެ. އަދި ސިއްޙީ ދާއިރާގެ މުވައްޒަފުން ލައްވައި މަޖުބޫރުން މަސައްކަތް ކުރުވުން ހުއްޓާލަންވެސް ވަނީ ގޮވާލާފައެވެ.
އެ ޖަމްއިއްޔާއިން މީގެކުރިން ވަނީ މި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ.