ގަން، ފޮނަދޫ ލިންކް ރޯޑުގައި ހިންގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ގަން، ފޮނަދޫ ލިންކް ރޯޑުގައި ހިންގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ

ލ. އަތޮޅު ގަމާއި ފޮނަދޫ ގުޅުވާލާފައިވާ ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓުގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ ޒުވާނެއް ކަމުގައިވާ ލ. މާބައިދޫ، ސޫރަޖްވިލާ، އިބްރާހިމް ނައުޒަމް އެވެ. އެކްސިޑެންޓް ހިނގީ މިއަދު ހެނދުނު 8:45 ހާއިރު ކަމަށްވެއެވެ.

މާލެ ޓައިމްސްއަށް މައުލޫމާތު ދިން އެރަށު މީހަކު ބުނީ އެކްސިޑެންޓްވީ ނައުޒަމް ދުއްވި ސައިކަލު ކޮންޓްރޯލް ނުވެގެން ގޮސް، މަގުގެ އެއްފަރާތުގައި ފާރުގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ވުމުން ނައުޒަމްއަށް އަވަސް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ. އެކްސިޑެންޓްގައި އޭނާގެ ބޮލަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. އޭނާ މަރުވީ ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުންދަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *