ހދ. ކުޅުދުއްފުށި ޕޮލިސް ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދިޔަ މީހާ މިއަދު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ހދ. ކުޅުދުއްފުށީ/ މަނާޒް، ސާޖިދު ސަމީރު، 34އ. އެވެ.
މަސްތުގެ ހާލަތުގައި ހުރެގެން ގޭގެ މުދަލަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައަކާ ގުލިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޕްރިލް 2، ގައެވެ. އޭގެ ދެ ދުވަސް ފަހުން އޭނާ އަމިއްލައަށް މަރުވާން އުޅުމުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އެވެ.
އޭނާ މަރުވީ އެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން ދަނިކޮށެވެ.
2 Responses
ފުލުހިންގެ އިހުމާލު މުޅިގައުމުގަ މީބޮޑުވަރު، ޕޮލިސް ކަސްޓަޑީއަށް މީހަކު ގެނެވިމަށްފަހު އޭނާގެ ހުރިހާ ކަމަކަށް ފާރަވެރިވާންޖެހޭ. މަސްތުގެ ހާލަތުގައި ގެނެވި އަހްޔަރުކުރާމީހާ އާމެދު ވަކިން ހާއްސަކޮސް ބަލަންޖެހޭ، ނުވާނެތާދޯ ކަމިޝަނާރ ސުޖާއު އަކީ ބޮޑު ޖޯކަރެއް. ޖީލެއް ފުނޑާލަނީ މިއޮއް.
ކަލޭގެ ބުއްދި ހަމަތަ؟