އޮޅުހިޔާއަށް ގެންގޮސްފައިވާ ތިން ބުޅާ އެސޮރުމެންނަށް ޚާއްސަ ކުރެވިފައިވާ ތަނެއްގައި. ފޮޓޯ: ދިރޭ ތަކެއްޗާބެހޭ މިނިސްޓްރީ

އޮޅު ހިޔާގައި 30 ބުޅާ

އޮޅު ހިޔާގައި 30 ބުޅާ

ހުޅުމާލޭގައި ހަދާފައިވާ "އޮޅުހިޔާ" ގައި މިވަގުތު 30 ބުޅާ ބަލަހައްޓަމުން އަންނަ ކަމުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ އީދު ބަންދުގެ ކުރިން އޮޅު ހިޔާގައި އޮތީ 15 ބުޅާ ކަމަށާއި، ނަމަވެސް އީދު ބަންދު ނިމި އަލުން ހުޅުވިއިރު، އިތުރު 15 ބުޅާ ފެސިލިޓީއަށް ގެނެސްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އޮޅު ހިޔާގައި ބުޅާ ބެލެހެއްޓުމަށް މަދުވާ ސާމާނުވެސް މިހާރު އިތުރަށް ގެނެސްފައިވާ ކަމަށާއި އަދި ބުޅާ ކޮށިތައްވެސް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އޮޅު ހިޔާއަކީ މާލެ ސިޓީ ކައުންސިލުގެ ބަޖެޓުން ހަދާފައިވާ ތަނެކެވެ. އެތަން ހެދުމުގެ މައިގަނޑު ބޭނުމަކީ މާލެ ސިޓީގެ މަގު ތަކަށް ދޫވެފައިވާ ބުޅާތައް ގެންގޮސް އެސޮރުމެންނަށް ފަރުވާދީ ރަނގަޅަށް ބެލެހެއްޓުމެވެ. ސިޓީ ކައުންސިލުން އޮޅުހިޔާ ހެދުމަށްފަހު އެތަން ވަނީ ދިރޭތަކެއްޗާބެހޭ މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *