އިންޑިޔާގެ ބޮޑުވަޒީރު މޯދީ ލަންކާއަށް ވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ލަންކާއަށް ވަޑައިގެންފި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަވައްޓެރި ސްރީލަންކާއަށް ވަޑައިގެންފިއެވެ.

ދެ ގައުމުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި ރައީސް މޯދީގެ މިދަތުރުފުޅަކީ އެންމެމަތީ ފެންވަރުގެ ރަސްމީ ދަތުރުފުޅެކެވެ.

ބޮޑުވަޒީރު މޯދީ ލަންކާއަށް ވަޑައިގެން އެ ގައުމުގެ ސަރުކާރުގެ އެންމެ މަތީ ވެރިންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އޭގެތެރޭގައި ލަންކާގެ ރައީސްވެސް ހިމެނިވަޑައިގަންނަވައެވެ.

ލަންކާގެ އާ ސަރުކާރާއެކު އިންޑިޔާއިން ވަނީ ލަންކާގެ ތަރައްގީގައި މުހިންމު ރޯލެއް އަދާކުރަން ފަށާފައެވެ. ސްރީލަންކާއަކީ ކޮވިޑާއެކު އައި ލޮޅުމުގައި އިގްތިސޯދު މުޅިން ފުނޑި ވަރަށް ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ގައުމެކެވެ. ނަމަވެސް ލަންކާ އާ ސަރުކާރުން ދަނީ އަޑިގަނޑުން އަރައިގަތުމަށް މުހިންމު ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *