ޝާހިދު، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ޝާހިދު، އިންޑިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ކުރީގެ ޚާރިޖީ ވަޒީރު، އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އިންޑިޔާގެ ބޮޑުވަޒީރު މޯދީއާއި ބައްދަލު ކުރައްވައިފިއެވެ.

ދެބޭފުޅުން ބައްދަލު ކުރެއްވީ އިންޑިޔާގެ ނިއުސް ނައިން އިން އިންތިޒާމު ކޮށްގެން ބާއްވާ ގްލޯބަލް ސަމިޓް 2025 ގެ ތެރެއިންނެވެ.

މި ސަމިޓްގެ ދެ ހަރަކާތެއްގައި ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ސަމިޓްގައި ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދުނިޔޭގެ މަސްރަހުގައި ހިނގަމުން އަންނަ އެކިއެކި ކަންކަމަށް ކުރިމަތިލުމުގައި ގައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުންނާއި، ދުނިޔޭގެ މަސްރަހުގައި ދެކުނު އޭޝިޔާގެ ގައުމުތަކުގެ ދައުރާ ބެހޭގޮތުން ވާހަކަ ދެއްކެވިއެވެ.

އަދި އިންޑިޔާއިން މިހާރު ދުނިޔޭގައި އަދާކުރަމުންދާ ދައުރާއި، އެދައުރުގެ މުހިއްމުކަމާ މެދު ޝާހިދު ވާހަކަދެއްކެވިއެވެ .މީގެއިތުރުން ދުނިޔޭގެ ދެކުނު ބިތުގެ، ނުވަތަ ގްލޯބަލް ސައުތުގެ ބައިވެރިވުން އދ. ފަދަ ޕްލެޓްފޯމްތަކުގައި އޮންނަ ގޮތާއި ބެހޭގޮތުންނާއި، ކުރިއަރަމުން އަންނަ ގައުމުތަކަށާއި، ގްލޯބަލް ސައުތަށް ލިބެންޖެހޭ އިތުރު ބައިވެރިވުމުގެ މައްޗަށް ޝާހިދު އަލިއަޅުއްވާލެއްވިއެވެ.

ގްލޯބަލް ސަމިޓްގެ ތެރެއިން ޝާހިދު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ބައްދަލުކުރައްވާފައެވެ. ނިއުސް ނައިން ގްލޯބަލް ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރުގެ އިތުރުން އެގައުމުގެ ސަރުކާރާއި، އެކިއެކި ސިނާޢަތްތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *