ބެންކޮކަށް ބާރުގަދަ ބިން ހެލުމެއް އައިސްފި

ބެންކޮކަށް ބާރުގަދަ ބިން ހެލުމެއް އައިސްފި

މިއަންމާ އާއި ތައިލެންޑަށް ބާރުގަދަ ބިންހެލުމެއް އައިސް ބޮޑެތި ގެއްލުންތައްވެ ކުއްލި ހާލަތު އިއުލާނުކޮށްފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ 7.7 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުން އައީ މިއަދު މެންދުރު ފަހު ސަގައިން ސިޓީގެ ހުޅަނގު އުތުރުން ބިމު ވަރަށް ތިލަ ހިސާބަކަށް ކަމަށެވެ. އޭގެ މިނެޓެއް ފަހުން 6.4 މެގްނިޓިއުޑްގެ ލޮޅުމެއް ވެސް ވަނީ އަރައިފަ އެވެ.

ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް މި ބިންހެލުމުގައި ގެއްލުންވެ، ބޮޑުވަޒީރު ޕެޓޮންގްޓާން ޝިނަވަތުރާ ވަނީ އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައިފަ އެވެ.

ބެންކޮކްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އޭގެ ތެރޭގައި އެ ސިޓީގެ އުތުރުގައި ހަދަމުން ދިޔަ 30 ބުރީގެ އުސް އިމާރާތެއް ވެއްޓުން ހިމެނެ އެވެ. އެ ތަނުގެ ދަށުގައި 43 މީހަކު ތާށިވެފައިވާ ކަމަށް ވަނީ ބެލެވިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *