ސުޕްރީމް ކޯޓުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ ފަނޑިޔާރަކަށް، އެ ކޯޓަށް އެންމެ ފަހުން އައްޔަން ކުރި ފަނޑިޔާރު ހުސައިން ޝަހީދު ހަމަޖައްސަން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުން މީގެކުރިން ޖޭއެސްސީގައި އިންނެވީ އިސްތިއުފާ ދެއްވާފައިވާ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ފަނޑިޔާރު ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރައްވާފައި ވަނީވެސް ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި ޖާގައަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަން ކުރައްވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.





