މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔުގައި ތިބި އެންމެނަށް ހައްޖަށް ދެވޭނެ: ރައީސް

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔުގައި ތިބި އެންމެނަށް ހައްޖަށް ދެވޭނެ: ރައީސް

މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔުގައި ތިބި އެންމެނަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ޒަމާންތަކަކަށްފަހު އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރު ކަމަށެވެ.

"2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަންގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ. އަދި މިއީ ޒަމާންތަކަކަށް ފަހު, އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.

ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ދީފައިވަނީ 1،000 ހައްޖު ކޯޓާ އެވެ.

ހައްޖު ކޯޕަރޭޝަން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ހައްޖު އަޅުކަން އަދާކުރުމަށް ސައުދީއަށް ދިޔުމަށް 9،115 މީހުން ކިޔުގައި އެބިތިއްބެވެ.

ހައްޖު ކޯޓާ 2،000 އަށް އިތުރުކޮށް ދިނުމަށް ދިބެހި ސަރުކާރުގެ ފަރާތުން ސައުދީ ސަރުކާރުގައި އެދިފައިވީ ނަމަވެސް އަދި ސައުދީ ސަރުކާރުން އެކަމަށް ގޮތެއް ކަނޑައަޅައިފައިނުވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *